ads
މިނިސްޓަރު ޝައުނާ
އެފްކޯނުން ޖޫރިމަނާ ލުއިކޮށްދޭން އެދި މިނިސްޓަރު ޝައުނާ އަރިހަށް
މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭގެ ފަރަށް އެރި މައްސަލާގައި ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ބްރިޖު ހަދާ އިންޑިއާގެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ނިންމި ނިންމުން ލުއިކޮށްދިނުން އެދި އެ ކުންފުނިން ތިމާވެށްޓާބެހޭ މިނިސްޓަރު އައިމިނަތު ޝައުނާއަށް ހުށަހަޅައިފިއެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ އެފްކޯން ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމީ، އެ މަސައްކަތުގައި ބޭނުންކުރާ ޕްލެޓްފޯމް ވިލިގިލީ ފަރަށް އަރައި ފަރަށް ގެއްލުންތަކެއް ލިބުމާ ގުޅިގެން މިދިޔަ ނޮވެންބަރު މަހުއެވެ. ވިލިގިލީ ފަރަށް އެފްކޯންގެ ޕްލެޓްފޯމް އެރީ މައްސަލައިގައި ޖޫރިމަނާއާ ހިސާބަށް މިއީ އީޕީއޭއިން އަދި އެފްކޯނުންވެސް ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރުމަށް ފަހުއެވެ.

އެފްކޮންސް ކުންފުނިން ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭއަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރީ މިދިޔަ އޮގަސްޓް މަހުގެ 16 އިގަ އެވެ. އެކަމަކު މޫސުން ގޯސްވެގެން ކަމަށް ބުނެ، އެ ޕްލެޓްފޯމު ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.

އިތުބާރު ހިފޭ ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެފްކޮންސް ކުންފުނިން ވަނީ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ  މައްސަލަ އެންވަޔަރުމެންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އަރިހަށް އެޕީލްކޮސްފައެވެ. އެއީ އެ ޖޫރިމަނާގެ އަދަދު ލުއިކޮށްދޭން ނުވަތަ މުރާޖައާ ކޮށްދޭން އެދިއެވެ. ގަވައިދުގެ ދަށުން އީޕީއޭގެ ނިންމުންތައް ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ އަރިހަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮވެ އެވެ. އިސްތިއުނާފު ކުރުމުން ގަވައިދު ބުނާ ގޮތުން ޖޫރިމަނާކުރުމާ މެދު ނުވަތަ ލުޔެއް ދިނުމާ މެދު ގޮތް ނިންމަވާނީ މިނިސްޓަރެވެ.

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
83%
ވަރަށް ސަލާމް
ކޮމެންޓްސް