ads
މަސްވެރިއެއް
"އިނގިރޭސި ވިލާތުން މަހަށްނަގާ ޑިއުޓީން އިނާޔަތް ލިބޭނެ":ހުސެއިން
ރާއްޖެއިން އިނގިރޭސި ވިލާތަށް އެކްސްޕޯޓްކުރާ މަހަށް ވަރަށް އަވަހަށް ޑިއުޓީ އިނާޔަތް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
Advertisement

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ފަރެސްމާތޮޑާގައި އިއްޔެ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ވިދާޅުވީ ރާއްޖޭގައި ބާނާ މަހަށް ބޮޑު ރަނގަޅު އެކަށޭނަ އާމްދަނީއެއް ހޯދިމަށް ދިމާވާ އެނމެ ބޮޑި ހުރަހަކީ ހުޅަގުގެ ގައުމުތަކަށާއި އިނގިރޭސި ވިލާތަށް މަސް އެކްސްޕޯޓު ކުރާއިރު ނަގާ ޑިއުޓީ ބޮޑުވުން ކަމަށެވެ ނަމަވެސް ސަރުކާރުން މިހާރު ކޮށްފައިވާ މަސއްކަތްތަކުގެ ސަބަބުން ވަރަށް އަވަހަށް އިނގިރޭސި ވިލާތުން ޑިއުޓީ އިނާޔަތް ލިބިގެން ދާނެ ކަމަށެވެ.

މަސްވެރިންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުން ނަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ނުހަނު ގިނަ ގުނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށާ ނަމަވެސް މައްސަލަތަކަށް ދާއިމީ ހައްލެއް ލިބެން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.

"މި ސަރުކާރުން މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހަމުން ދަނީ. ކޮންމެ އަހަރުކުވެސް ބާއްވާ މަސްވެރިންގެ ފޯރަމް މިއަހަރުވެސް ބާއްވާ މަސްވެރިކަމާއި ގުޅޭ ދައްކަން އުނދަގޫ އަދި ނުދައްކާ ހުރި ނަމަވެސް ދައްކާ ޖެހޭ އެތަށް ވާހަކަތަކެއް މަސްވެރިންނާއެކު ދެކެވުނު،" ޑޜ ހުސެއިން ވިދާޅުވި އެވެ.



އޭގެރ އިތުރަށް އޭނާ ވިދާޅުވީ ރާއްޖޭގައި މަސް ގަންނަ ކެޕޭސިޓީ ނެތް މިންވަރަށް މަސްވެރިކަން ފަހި މޫސުމުގައި މަސް ބާނަމުންދާ ކަމަށާއި އިންޑިއާ ކަނޑުގައި މިހާރު މަސް މަދުވަމުންދާ ކަމަށް ހުސެއިން ވިދާޅުވި އެވެ. އަދި މިހާރަށް ވުރެ ރަނގަޅު ނިޒާމެއްގެ ތެރެއިން މަސް ބާނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ގޮންޖެހުންތައް ކުރިމަތިވީ އިއްޔެއަކު މިއަދަކު ނޫން. މިކަންކަމަށް ހައްލު ހޯދުމަށް ރައީސް ސޯލިހުގެ ސަރުކާރުގެ ޕްލޭންއެއް އެބަ އޮތް. އޭގެ ތަފްސީލުތައް އެކި ފަހަރު މަތިން ވަނީ ދެވިފައި،" ހުސެއިން ވިދާޅުވި އެވެ.

މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ކޫއްޑޫގެ ކެޕޭސިޓީ ބޮޑު ކުރުންކަން ހުސެއިން ފާހަގަ ކުރެއްވި އެވެ. ކޫއްޑޫގައި މިހާރު ހުރި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖްއަށް އިތުރު 4000 ޓަނުގެ ސްޓޯރޭޖް އިތުރު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށްވެސް ހުސެއިން ވިދާޅުވި އެވެ.

ކޫއްޑޫއަށް ވަރަށް ފަހަކާ ޖެހެންދެން ކިރުވެމުންއައީ ދުވާލަކު 240 ޓަނުގެ ރޯމަސް ކަމަށާއި ފްރީޒިން ސިސްޓަމަށް ގެނެވުނު ބަދަލަކާއި ގުޅިގެން އިތުރު 50 ޓަނުގެ މަސް މިހާރު ދުވާލަކު 290 ޓަނުގެ މަސް ކޫއްޑޫއަށް ކިރޭނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިތުރު 240 ޓަނުގެ ކެޕޭސިޓީ ކޫއްޑޫގައި ގާއިމް ކުރެވޭނެ ކަމަށާއި އޭރުން ކޫއްޑޫގެ ބްރައިން ކެޕޭސިޓީ ދުވާލަކު 530 ޓަނަށް އަރާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް