މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ ރޭ 10:24 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ކާމިޔާބު" ލޯންޗް އެ ސަރަހަށްދަށް ގޮސް އެ ދޯންޏަށް އެހީތެރިވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ހާދިސާގައި އިންޖީނު ހުއްޓިފައި ވަނީ، ހަތަރު މީހުންނާއެކު ބ. ގޮއިދޫން ފުރައިގެން ކ. ކާށިދޫއަށް ދަތުރު ކުރަމުންދިޔަ "އިރު އަލިމަސް" ކިޔާ މުދާ އުފުލާ ދޯންޏެކެވެ.
މި ހާދިސާގައި ދޯނިން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމުގައި އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.