
ސިފައިންގެއަށް ހިދުމަތް ކުރެއްވި ގ. ރެޑިއަމްގޭ ހަސަންދީދީ (ވީރު ހަސަންދީދީ) އުމުރުން 86 އަހަރުގައި ރޭ ފަތިހު އަވަހާރަވެއްޖެ އެވެ.
ހަސަން ދީދީ އަވަހާރަވީ ސިއްހީ ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަމުން ފެށިގެން އިބްރާހީމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރާ ހަމައަށް ހަސަންދީދީ ވަނީ ދިވެހި އަސްކަރިއްޔާއަށް ހިދުމަތްކުރައްވާފަ އެވެ.
ހަސަންދީދީގެ ބޭފުޅުންގެ ތެރޭގައި ރާއްޖެއިން މީހުން ހައްޖާއި އުމްރާއަށް ގެންދިއުމުގެ މަސައްކަތް ކުރައްވާ އާއިޝަތު ޒައިމާ ހަސަން ދީދީ ހިމެނިވަޑައިގަންނަވަ އެވެ. ޒައީމާއަކީ ހަސަންދީދީގެ ދޮށީ ދަރިކަނބަލުންނެވެ. ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު ހަސަންދީދީއަކީވެސް ވީރު ހަސަންދީދީގެ ބޭފުޅެކެވެ.
ހަސަންދީދީގެ މޫނު ދެއްކުން އޮތީ އާސަހަރާގަ އެވެ. ކަށު ނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގައި މިއަދު އަސްރު ނަމާދަށްފަހު އެވެ.