ads
ފުލުހުންގެ ބޯޑަށް ހޮވުނު ކުރީގެ ސީޕީ ފަސީހް
ކުރީގެ ސީޕީ ފަސީހު ޕޮލިސް ބޯޑަށް އައްޔަން ކޮށްފި
ދިވެހި ފުލުހުންގެ ގާނޫނުގައި ވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ބޯޑަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ފަސީހު އައްޔަން ކޮށްފި އެވެ.

ފަސީހް އައްޔަން ކޮށްފައިވަނީ ބޯޑުގެ ރައީސްގެ ގޮތުގައި ހުންނެވި މާފަންނު މަނާގެ އަލީ ފާއިޒު ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެންބަރު މަހުގެ 28 ގައި ރުހުން ދިނުމާ ގުޅިގެންނެވެ.

ފަސީހް އެންމެ ފަހުން ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގަ އެވެ. އޭގެކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ނިމުނުއިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައިވެސް ހުންނެވީ ފަސީހް އެވެ. އެހެނ ކަމުން މިހާރު ފުލުހުންގެ ބޯޑުގައި ތިއްބަވާ ބޭފުޅުންނަކީ އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ، އާއިޝަތު ނޫރާ މުހައްމަދު، ހ. ނޫމުތީ މުހައްމަދު ފަސީހް ،އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން، އާދަމް އިބްރާހީމް، ގ. ޑިމްލައިޓް،ހާމިދު އަބްދުލްގަފޫރު، ހ. ޝޭޑީކޯނާ، ސަފާ ޝަރީފް، ދެތަޑިމާގެ، ސ. ހުޅުދޫ އެވެ.

އަލީ ފާއިޒު ޕޮލިސް ބޯޑުގެ މެންބަރު ކަމުން ވަކިވެވަޑައިގެންނެވި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ. ބޯޑުގެ ރައީސް ހޮވަނީ ބޯޑުގައި ހިމެނޭ މެންބަރުންގެ ވޯޓުންނެވެ.

ޕޮލިސް ބޯޑްގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުން އަދި ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރެކެވެ.

ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ދެމި ތިބުމާއި މެދުގައި އެ ބޯޑުން ގޮތް ނިންމަން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް