
ރައީސް ގަތަރަށް ފުރާވަޑައިގަތުން
ވޯލްޑްކަޕް ސެމީ ފައިނަލް މެޗުތަކަށް ރައީސް ގަތަރަށް
އަހުމަދު ހަސަން
12 ޑިސެމްބަރ 2022 - 20:09:57
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހާ، އަނބިކަނބަލުން ފަޒްނާ އަހްމަދު މިރޭ ގަތަރަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެ ކަނބަލުން އެނބުރި ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކަށް ރައީސްގެ ދެ ކަނބަލުން ވަޑައިގެންނެވިއިރު، ސެމީ ފައިނަލްގެ އެއް މެޗަކީ ފްރާންސާ މޮރޮކޯގެ މެޗެކެވެ. ސެމީގެ އަނެއް މެޗަކީ އާޖެންޓީނާއާ ކްރޮއޭޝިއާ ކުޅޭ މެޗެވެ.
0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް