އެލެކް އާއި ދިޝާގެ ގުޅުމާއި ގުޅޭގޮތުން އޭނާ ވާހަކަ ދައްކާފައިމިވަނީ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް ފެތުރިފައިވަނިކޮށެވެ.
ދިޝާ މީގެ ކުރިން ޑޭޓް ކޮށްފައިވަނީ ބޮލީވުޑް ތަރި ޓައިގާ ޝެރޮފް އާ އެވެ. ނަމަވެސް ދާފި ފަހުން 'ކޮފީ ވިތް ކަރަން' ގެ ޝޯއެއްގައި ޓައިގާ ވަނީ އޭނާ ސިންގަލް ކަމަށް ބުނެފައެވެ. އަދި ދިޝާ ގެންދަނީ ގިނަ ފޮޓޯތަކެއް އެލެކްސް އާއި އެކު ނަގައި ސޯޝަލް މީޑިއާއަށް ލަމުންނެވެ.
މިއާއެކު އެލެކްސް އާއި ދިޝާ ޑޭޓް ކުރާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ދެމީހުންގެ ގުޅުމާއި ގުޅޭގޮތުން މީގެ ކުރިން ދެމީހުންކުރެ އެކަކުވެސް ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް އެލެކްސް 'ބޮމްބޭ ޓައިމްސް' އަށް މިފަހުން ދިން އިންޓަވިއުއެއްގައި ބުނީ "ދިޝާއަކީ އަހަރެންގެ އާއިލާ ފަދަ މީހެއް" ކަމަށެވެ.
"ދެމީހުން ވެސް މާޔޫސްވާ ކޮންމެ ފަހަރަކުވެސް ދެމީހުން ދެމީހުންގެ ގާތުގަ އަބަދުވެސް ތިބެން،" އެލެކްސް އާއި ދިޝާގެ ގުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އެލެކްސް ބުންޏެވެ.
ދެމީހުން ޑޭޓްކުރޭތޯ ސުވާލު ކުރުމުން އޭނާ ބުނީ "ހަގީގަތަކީ ކޮބާކަން" އޭނާއަށް އެނގޭ ކަމަށެވެ. އަދި ދެމީހުންގެ ގުޅުމާއި ގުޅޭގޮތުން އެހެން މީހުން ވާހަކަ ދައްކަންޖެހޭ ސަބަބެއް އޭނާއަށް ނޭގޭ ކަމަށް ބުންޏެވެ.
"ދެމީހުންގެ ދެމެދުގަ އޮތް ގުޅުން ވަރަށް ރަނގަޅު. ދިޝާއާއެކު ވަރަށް ގިނަވަގުތު ހޭދަވެސް ކުރަން، " އެލެކްސް ބުންޏެވެ.