ads
އަންހެމީހާ މަރާލިކަމުގެ ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ
ނިޝާމާގެ މަރު: ދަންޖެހެން އުޅުން ފައިސަލްގެ ހާލު ކްރިޓިކަލް، އޮތީ ވެންޓިލޭޓަރުގައި
އަނބިމީހާގެ މަރުގެ ތުހުމަތުގައި ހައްޔަރުގައި ހުއްޓައި އަމިއްލައަށް މަރުވާން އުޅުނު އދ. ފެންފުށީ/ އަބޫބަކުރު ފައިސަލްގެ ހާލު ކްރިޓިކަލް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
Advertisement

އެ ހޮސްޕިޓަލުން މިއަަދު ”ސީއެންއެމް“ މައުލޫމާތު ދިން ގޮތުގައި ރޭ އޭނާ ހޮސްޕިޓަލަށް ގެނައިރުވެސް އޮތީ ވަރަށް ކްރިޓިކަލް ހާލަތެއްގައެވެ. 

”މިހާރު ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުންދަނީ. ހާލު ކްރިޓިކަލް “ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހުރި ގޮޅިތެރޭގައި ދަންޖެހެން މަސައްކަތްކުރަނިކޮށް ފެނިފައިވަނީ ރޭ 23:15 ހާއިރު، ފުލުހުންނަށެެވެ. 

އުމުރުން 28 އަހަރުގެ ހދ. ނޮޅިވަރަން ނިޝާމާ މުހައްމަދު މަރުވެފައި އޮއްވާ ފެނުނު ދުވަހު، ކުޅުދުއްފުށީގައި ހުންނަ ފުލުހުންގެ އިދާރާއަށް ފައިސަލް ދިޔައީ އަމިއްލައަށެވެ. ”ސީއެންއެމް“ އަށް އެގިފައިވާގޮތުގައި، އެދުވަހު ފައިސަލް ފުލުހުންގެ އިދާރާއަށް ދިޔައީ ނިޝާމާ މަރުވި ހަބަރު ލިބުމުގެ ކުރިން ނެވެ. އަދި، ފުލުހުންގެ އިދާރާއަށް ގޮސް، ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭކަމަށް ބުނެ ވާހަކަދައްކާފަައި ވެއެވެ. 

ނިޝާމާގެ މަރުގެ ހަބަރު އެ ސްޓޭޝަނަށް ލިބުނީ އޭގެ ފަހުން ނެެވެ. އަދި ފައިސަލް ދެއްކި ވާހަކަތަކާއި އޭގެފަހުން ކުރެވުނު ސުވާލުތަކަށްފަހު، މަރާއި ގުޅިގެން ޝައްކުކުރެވޭތީ އޭނާ ހަމަ އެދުވަހު ވަނީ ފުލުހުންގެ ބަންދަށް ނަގާފަ އެވެ. 

”ސީއެންއެމް“ އަށް އެރަށު ކައުންސިލުން އެދުވަހު މައުލޫމާތު ދިންގޮތުގައި، އަންހެންމީހާ މަރުވެފައި އޮއްވާ ފެނުނީ، އޭނާގެ ކޮޓަރި ނުހުޅުވައިގެން ބެލިބެލުމުން ނެވެ. 

ނިޝާމާ ގަސްތުގައި މަރާލިކަމަށް އާއިލާއިން ތުހުމަތުކުރަނީ އޭނާގެ ފިރިމީހާ ފައިސަލް އަށެވެ. އާއިލާ އާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އޭނާ އެދުވަހު ކުޅުދުއްފުއްްޓަށް ދިޔައީ ދަތެއްގައި ރިއްސާތީ ކަމަށް ބުނެ ކުއްލި އަކަށެވެ. ނިޝާމާގެ މޫނުމަތިން ނޫފަގަންފައިވާ ކަމުގެ ނިޝާންތަކާއި ހަށިގަނޑުގެ އެކި ތަންތަނުން އެފަދަ ނިޝާންތައް ފެނިފައިވާތީ އާއިލާއިން ތުހުމަތު ކުރަނީ ފައިސަލް އޭނާގެ އަންހެނުން ނިޝާމާ މަރާލީ އަނިޔާކޮށް ނޭވާ ހާސްކޮށްލައިގެން ކަމަށެވެ. ނިޝާމާ އާއި ފައިސަލްގެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. 

މައުލޫމާތު ލިބޭގޮތުގައި ފައިސަލްގެ ކުރީގެ އަންހެނުންނަށްވެސް އޭނާގެ ފުށުން ބޮޑެތި އަނިޔާތަކާއި މަރުގެ އިންޒާރުތައް ލިބިފައިވެއެވެ. އަދި އެ ކައިވެނި ރޫޅާލުމަށް އޭނާގެ ކުރީގެ އަންހެނުން މަސައްކަތްކުރުމުން ބިރުދައްކައި، އަންހެނުން މަރާލުމަށް ވެސް ފައިސަލް މަސައްކަތްކޮށްފައި ވެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް