އާޖެންޓީނާ ގޭމް ޕްލޭން އަހަރެމެން ވަރަށް ރަނގަޅަށް ދިރާސާކޮށްފިން ކަމަށާއި ޕްރެޝަރު ވެސް އޮތީ އާޖެންޓީނާއަށް ކަމަށް އެ ގައުމާ ދެކޮޅަށް މި ރޭ ނިކުންނަ ކްރޮއޭޝިއާގެ ކޯޗް ޒްލަޓްކޯ ޑަލިޗް ބުނެފި އެވެ.
Advertisement
ވޯލްޑްކަޕްގެ ތާރީހުގައި މިދެ ޓީމު ބައްދަލު ކޮށްފައިވާމެޗު ތަކަށް ބާލާއިރު އެންމެ ފަހުގެ ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއިން ވަނީ އާޖެންޓީނާގެ މައްޗަށް 3-0 ން ކުރި ހޯދާފަ އެވެ. އެ މުބާރާތުގެ ފައިނަލާއި ހަމައަށް ކްރޮއޭޝިއާ ގެންގޮސް ދިން ކޯޗު ޑަލިޗް ބުނީ ސެމީ ފައިނަލަށް ދިއުމުން އާޖެންޓީނާގެ ޓީމު ވަރަށް ބޮޑަށް މޯޓިވޭޓް ވެފައި ވާ ކަމަށެވެ، އަދި މިފަހަރު އާޖެންޓީނާގެ ފަހަރަކަށް ވުންވެް ގާތް ކަމަށެވެ.
"އާޖެންޓީނާ ގޭމް ޕްލޭން އަހަރެމެން ވަރަށް ރަނގަޅަށް އެކްސްޕްލޯ ކޮށްފިން. އަހަރެމެންނަށް އެނގޭ އާޖެންޓީނާ ޓީމުން ކިހިނެއް ކުޅެގެންކަން ނަތީޖާ ނެރޭނީ. އަދި މިހާރު އާޖެންޓީނާ އާ ކުޅުމަށް ވަރަށް ރެޑިއޭ ބުނެވޭނީ"
މީގެ އިތުރުން އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކޮލާނީ ވެސް ބުނީ ކްރޮއޭޝިއާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެންނާނެ ކަމަށް އޭނާ ޔަގީން ކުރާ ކަމަށެވެ. އަދި ޕެނަލްޓީ ޖެހުމަށް އާޖެންޓީނާއިން އުއްމީދު ނުކުރާ ކަމަށް ވެސް ސްކޮލާނީ ބުންޏެވެ.
"ކްރޮއޭޝިޔާ ޓީމަކީ ވަރަށް ފުރިހަމަ ޓީމެއް. އެމީހުންގެ ގޭމްޕްލޭން ޑިފެންސިވް އެއްވެސް ނޫން އަދި އެޓޭކިން އެއްވެސް ނޫން އެކަމަކު ޓީމުގައި އިންނަނީ އެހެން ޓީމުތަކާއި ހިލާފު ޔުނިކް އަމިއްލަ ސްޓައިލެއް. އެކަން ވަރަށް ރަންގަޅަށް ބްރެޒިލް މެޗުގައި ފެނިގެންދިޔަ އަދި ގްރޫޕްސްޓޭޖުގައި ވެސް. ބުނަން ބޭނުން ވަނީ. އަހަރެމެން ވެސް އަހަރެމެންގެ ސްޓައިލްގައި ކުޅޭނަމޭ." ސްކޮލާނީ ބުންޏެވެ.
ވޯލްޑް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ އާޖެންޓީނާ އަދި ކްރޮއޭޝިޔާ ބައްދަލު ކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާ އިރުއެވެ.