ads
ފްލައި ދުބާއީ ފްލީޓެއް——
ފްލައި ދުބާއީގެ ދަތުރުތައް އައްޑޫ އަށް ފަށަނީ
އަންނަ އަހަރުގެ ފެބްރުއަރީގައި ފްލައި ދުބާއީ އިން އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ކަމާއި ގުޅިގެން ޓޫރިޒަމަ މިނިސްޓަރް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ފްލައި ދުބާއީއިން އައްޑޫއަށް ސީދާ ދަތުރުތައް ފެށުމާއިއެކު، ދެކުނުގެ ފަތުރުވެރިކަމަށް އޮތް ގޮންޖެހުމަށް ބޮޑު ކުރި އެރުމެއް ލިބިގެން ދާނެ ކަމަށެވެ. 

ރާއްޖޭގެ އެންމެ ދެކުނުން ގަން އިންޓަނޭޝަނަލް އެއަޕޯޓަށް ރާއްޖެއިން ބޭރުން ކުރާ ސީދާ ދަތުރުތައް ނެތުމަކީ އެ ސަރަހައްދުގައި ފަތުރުވެރިކަން މިހާތަނަށް ކުރިނާރާ އޮތް އެއް ސަބަބުކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ސިފަ ކޮށްފަ އެވެ. ނަމަވެސް ފްލައި ދުބާއީގެ މި ދަތުރުތަކާއިއެކު އެ ގޮންޖެހުމަށް އާ އުއްމީދެއް ލިބި އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވެގެން ދާނެ ކަމަށް ކައުންސިލުން ނާއި ޓޫރިޒަމް މިނިސްޓްރީން ދެކެވެ.

your imageގަން އިންޓަނޭޝަނަލް އެއަޕޯޓް


އެގޮތުން، މިހާރު އެމިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ އައްޑޫސިޓީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާވެރިންނަށް ބޭނުންވާ އެހީ ފޯރުކޮށްދީ، އެވިޔަފާރިތަކަށް ކުރިމަތިވާނެ ދަތިތައް ހައްލުކޮށްދިނުންކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެއިތުރުން، ފަތުރުވެރިންނަށް ހިދުމަތްތައް ލުއިފަސޭހަ ކޮށްދިނުމުގެގޮތުން، ގަން އިންޓަނޭޝަލް އެއަޕޯޓާއިއެކުވެސް އެ މިނިސްޓްރީން އަންނަނީ މަސަކަތް ކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، އައްޑޫގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން އެ ދާއިރާގައި ހަރަކާތްތެރިވާކަން ފާހަގަ ކުރެވެއެވެ. އަދި އެދާއިރާގައި އައްޑޫ ސިޓީގެ ޒުވާނުންގެ ބައިވެރިވުންވެސް އިތުރެވެ.

ގުދުރަތީ ގިނަ ވަސީލަތްތައް އައްޑޫގައިހުރި ނަމަވެސް، އެންމެ އެކަށީގެންވާ ގޮތެއްގައި ފަތުރުވެރިކަން އަދި އައްޑޫގައި ފަށައިގަނެވިފައި ނެތްކަމަށް އައްޑޫސިޓީ ކައުންސިލުން ވާނީ ބުނެފައެވެ. ނަމަވެސް ޔޫއޭއީގެ ފްލައިދުބާއީން އަންނަ ފެބްރުއަރީމަހުން ފެށިގެން އައްޑޫއަށް ސީދާ ދަތުރުތައް ފެށުމުން މިއީ ދެކުނުގެ ފަތުރުވެރިކަމުގެ މިސްރާބު ބަދަލުކޮށްލާނެ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް