ads
މަސްވެރިންނާ އެކު ކުރިޔަށް ދިޔަ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
މަސް ކިރުވުމުގެ ދަތިތަކަށް 12،000 މެޓްރިކް ޓަނުން ހައްލު ލިބޭނެ: ފައްޔާޒް
ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކާ އެކު 12،000 ޓަނަށް ކެޕޭސިޓީ އިތުރުކުރެވިގެންދާނެ ކަމަށާއި މަސް ކިރުވުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް އެ މިންވަރަށް ކެޕޭސިޓީ އިތުރުކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅު ވެއްޖެއެވެ.
Advertisement

މިނިސްޓަރު އެގޮތަށް ވިދާޅުވެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރެއިން މަސްވެރިންނާ އެކު ސަރުކާރުގެ އިސްވެރިން ގދ. ފަރެސްމާތޮޑާ ގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގަ އެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް އިސްކަންދެއްވާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މަސް ކިރުވުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމަށް މިފްކޯގެ ކެޕޭސިޓީ 12،000 ޓަނަށް އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.

"މަސައްކަތް ކުރީ ފެލިވަރުގައި 4000 ޓަނަށް އިތުރުކޮށްފައި، ކޫއްޑޫ 6000 ޓަނަށް ގެނައުމަށް. ތިނަދޫގައި 1000 ޓަނާއި މުލަކުގައި 500 ޓަނު އަދި އިހަވަންދޫ ހިސާބު 500 ނޫނީ 1000 ޓަނުގެ މަސައްކަތް ކުރެވެމުންދަނީ. މިކަންކަން ކުރެވުނީމަ މި މައްސަލަ އަށް ހައްލެއް ލިބިގެންދާނެ،" މިނިސްޓަރު ފައްޔާޒް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވީ ކެޕޭސިޓީ އިތުރު ކުރުމަށް ހިންގަމުންދާ މަޝްރޫއުތައް ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި މަސައްކަތްތަކަށް ވަގުތު ނަގާނެ ކަމަށެވެ.

your imageގދ. ފަރެސްމާތޮޑާ ގައި މަސްވެރިންނާ އެކު ކުރިޔަށް ދިޔަ ބައްދަލުވުން. ފޮޓޯ: ރައީސް އޮފީސް 

"ޕްލޭންކޮށްފައި ހުރި ކަންތައްތައް އެބަދޭ ކުރިއަށް. ގަބޫލުފުޅު ކުރަންވާނެ، 4 އަހަރު 5 އަހަރު މިއީ 20-30 އަހަރު މަޑުމަޑުން ކުރަންޖެހޭ އިންވެސްޓްމަންޓުތަކެއް ކުރަން މި ޖެހެނީ. ފައިސާގެ ދަތިކަމެއް ވެސް ނެތް. އެކަމަކު ކަމެއް ކުރުމަށް ހުންނާނެ ލިމިޓުތަކެއް. އެއްޗަކަށް އޯޑަރުކުރީމަ އަންނާނެއިރު، ކޮންޓްރެކްޓަރަކަށް އިއުލާން ކުރީމަ ނަގާނެ ވަގުތު،" މިނިސްޓަރު ފައްޔާޒް

މަސްދޯނިތައް ތަަރައްގީވެގެން ދިޔައިރު، މަސް ގަންނަ ކުންފުނި ތަރައްގީވެގެން ގޮސްފައި ނުވާކަން ފާހަގަކޮށް މިނިސްޓަރު އިތުރަށް ވިދާޅުވީ މިފަހުން މަސްދޯނިތަކުގައި ހަރަކާތްތެރިވެވޭނެ ބިދޭސީންގެ އަދަދު އިތުރުކޮށްފައި ވުމާއެކު، މަސްދޯނިތަކުގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވެގެންދާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

މިފްކޯ އިން ގަންނަ މަހުގެ އަދަދު އިތުރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން މިފަހުން އެ ކުންފުނިން ވަނީ މަސް ކިރަން އިތުރު ތިން ބޯޓު ގަނެފައެވެ. މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިހާރު ހިންގަމުންދާ މަޝްރޫއުތައް ނިމުމުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް