ads
ފަންބޮނޑިން ދިޔަމިގިލީ ގައި ފައިބަ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމު ކުރުމަށް ރަށު ކައުންސިލާ އެކު އެއްބަސްވުން. ފޮޓޯ: ފަންބޮނޑި
ފަންބޮނޑިން ދިޔަމިގިލީ ގައި ފައިބަ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމު ކުރަނީ
ރާއްޖޭގައި އެންމެ ފުރަތަމަ ފައިބަ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމުކުރި ފަންބޮނޑި މޯލްޑިވްސް އިން ތ. ދިޔަމިގިލީގައި އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމުކުރުމަށް އެ ރަށު ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

ދިޔަމިގިލީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތު ގައި ފަންބޮނޑީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު މަސްއޫދު ހިލްމީ އެވެ. އަދި ދިޔަމިގިލީ ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކައުންސިލް ރައީސް އަހުމަދު މޫސާ މަނިކެވެ.

ފަންބޮނޑި މޯލްޑިވްސް އިން ދިޔަމިގިލީ ގައި ފައިބަ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމުކުރުމަށް އެއްބަސްވީތީ އެކަމަށްޓަކައި އެ ކުންފުންޏަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަން ހާމަކުރައްވާ، ދިޔަމިގިލީ ކައުންސިލްގެ ރައީސް އަހުމަދު މޫސާ މަނިކު "ސީއެންެއެމް" އަށް ވިދާޅުވި ގޮތުގައި ފަންބޮނޑި މޯލްޑިވްސް ގެ ވިސްނުމަކީ މިފެށޭ ޖަނަވަރީ މަހުގެ ތެރޭގައި ނެޓްވޯކް ހިނގަމުންދާ ވަރަކަށް ރަށުގެ ވަކި ސަރަހައްދަކަށް ހިދުމަތް ދޭން ފެށުން ކަމަށާއި އުންމީދު ކުަރަނީ ފެބުރުއަރީ ނުވަތަ މާޗް މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

"މިހާރުގެ މި ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނެއްވީމާ ދެން އިންޓަނެޓާ ނުލާ ނެތްކަން ނޭނގެ އުޅެވޭކަށް ދެއްތޯ؟ އަސާސީ ހިދުމަތެއް ގެ ގޮތުގައި ފާހަގަކުރެވޭ ހިދުމަތެއް. އަޅުގަނޑުގެ އުންމީދަކީ ގާއިމުކުރެވިގެންދާ ނެޓްވޯކުން ހާއްސަކޮށް އިންޓަނެޓުގެ ލުއިފަސޭހަކަން ހުރިހާ ފަރާތްތަކަށްވެސް ލިބިގެން ދިއުން،" ދިޔަމިގިލީ ކައުންސިލް ރައީސް

ފަންބޮނޑީގެ ފަރާތުން އެންމެ ފުރަތަމަ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމު ކޮށްފައިވަނީ ތ. ވިލުފުށީގައެވެ.  ފަންބޮނޑީގެ މި ނެޓްވޯކް މެދުވެރިކޮށް ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ދެ ކުންފުނި ކަމަށްވާ، އުރީދޫ އާއި ދިރާގުން ވެސް ހިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.

ފައިބަ އޯޕަން އެކްސަސް ނެޓްވޯކްތަކަކީ ޒަމާނީ ޓެކްނޮލޮޖީ އަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ވެސް މުވާސަލާތީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބޭނުން ކުރާ އިންފްރާސްޓަކްޗަ ނިޒާމެކެވެ. މިއީ އެންމެ ކަނެޓްޝަނަކުން އެތަކެއް ޓެކްނޮލޮޖީގެ ހިދުމަތްތަކެއް ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ ނެޓްވޯކްތަކެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް