ތިޔަ ހީކުރެވުނީ ރަނގަޅަށެވެ. އެއީ ނަވާޒުއްދީން ސިއްދީގީއެވެ.
އޭނާ ކުރިއަށް އޮތް ފިލްމު "ހައްދީ" ގައި ފެންނާނީ މި މޭކަޕުގައެވެ. ކުޅެނީ ޓްރާންސް ޖެންޑާ މީހެއްގެ ރޯލެވެ.
އަންގާރަ ދުވަހު ޒީ ސްޓޫޑިއޯ އަދި ނަވާޒުއްދީން ސިއްދީގީ ވަނީ އޭނާ މި މޭކަޕް ކުރަނިކޮށް ނަގާފައިވާ ޓައިމްލެޕްސް އެއް މީސް މީޑިއާއަށް ދޫކޮށްލާފައެވެ.
އޭގައި ފެންނަނީ ގާތްގަނޑަކަށް ތިން ގަޑި އިރު ވަންދެން ނަވާޒުއްދީން ގޮނޑިއެއްގައި ބައިދައިގެން މޭކަޕްކުރާ މަންޒަރެވެ.
"މިއީ އަހަރެންގެ ފިލްމީ ކެރިއަރުގައި ވެސް ތިންގަޑި އިރު ވަންދެން އިނދެ މޭކަޕް ކުރި ފުރަތަމަ ފަހަރު. މޭކަޕް ކުރަން ކުރާ ބުރަ މަސައްކަތުން ވެސް ފިލްމުގެ ރޯލުގެ ތެރެއަށް ވަދެ އެކްޓު ކުރަން ކުރާ ހިތްވަރު ވެސް އިތުރުވެގެންދޭ،" ނަވާޒުއްދީން އޭނާގެ ތަޖުރިބާ ކިޔައިދެމުން ބުންޏެވެ.
މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.
ސިއްދީގީ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ 2013 ވަނަ އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި އިންޓަނޭޝަނަލް ކްރިޓިކްސް ވީކްގެ ބައެއްގެ ގޮތުގައި ޕްރިމިއާ ކުރި ދަ ލަންޗްބޮކްސް (2013) އިންނެވެ. 2018 ވަނަ އަހަރުގެ އޭޝިއަން ޕެސިފިކް ސްކްރީން އެވޯޑްސް އަދި ރަމަން ރާއަަވް 2.0 ކުޅެގެން ސްޕެއިންގައި ފެންސިން މަލާގާ އެވޯޑާ، އޭޝިއަން ޕެސިފިކް ސްކްރީން އެވޯޑްސް ގައި ވެސް އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީން ނަވާޒުއްދީން ވަނީ ކާމިޔާބު ހޯދާފައެވެ. ނަވާޒުއްދީން ސިއްދީގީ އަކީ ދުނިޔޭގެ މަޝްހޫރު ކާންސް ފިލްމް ފެސްޓިވަލްގައި ރަސްމީކޮށް 8 ފިލްމު ހޮވައި ދައްކާފައިވާ ހަމައެކަނި އެކްޓަރެވެ.
ދާދިފަހުން ނަވާޒުއްދީން ސިއްދީގީއަށް ވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސީރީޒް ސެކްރެޑް ގޭމްސް އިން ސިންގަޕޫރު އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް ގައި އެންމެ މަތީ ޝަރަފުވެރި އިނާމު، ދަ ލެސްލީ ހޯ އޭޝިއަން ފިލްމް ޓެލެންޓް އެވޯޑް ހޯދާފަ އެވެ.