ads
ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ
ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުން ވަކިކުރަނީ
ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބެލި މައްސަލަތަކަށް ފަހު އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

 ހަސަން ދީދީއާ ގުޅޭ މައްސަލައެއް އެ ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހަސަން ދީދީއާ ގުޅޭ ހަތް މައްސަލައެއް ކޮމިޝަނަށް ހުށަހެޅި ބަލަމުންދާ ކަމަށް ކުރިން ޖޭއެސްސީން ބުނެ އެވެ. 

އެ މައްސަލަތައް ބެލުމަށް ފަހު މިއަދު ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު އިސްމެޖިސްޓްރޭޓް ހަސަންދީދީ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުމާއި، ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ބެލުމާއި، މުވައްޒަފަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދެއްކުމާއި ޤާނޫނާ ހިލާފަށް ދަތުރުކުރުމާއި، ބިލްތައް ހެދުމާއި، ހަޑިހުތުރުބަހުން އެއްޗެހި ގޮވުމާއި، ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ހެކީންގެ ބަޔާން ނެގުމަށް ހުރަސްއަޅާ މައްސަލަތައް ސާބިތުވާ ކަމަށެވެ. 

އެގޮތުން މިއީ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމް ކުރާ ސުލޫކީ ސިފަތަކާ ހިލާފު ކަންކަމަށް ވާތީ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް