ads
ދައުވާކުރަން ފޮނުވި ކުރީގެ ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މިހާރު ހުންނެވީ ހެލްތުގައި
ޖެންޑާގެ ކުރީގެ ސްޓޭޓް މިނިސްޓަރާއި، 2 ޑިރެކްޓަރެއްްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
އުސޫލުތަކާއި ހިލާފަށް ގދ.ތިނަދޫ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރު މަރާމާތުކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި، ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓްރާއި، ދެ ޑިރެކްޓަރަކަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނަރަލް(ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
Advertisement

މިމައްސަލައަކީ، ދައުލަތުގެ މުވައްޒަފަކަށްވެހުރެ ޖެންޑަ މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުން، ނޭޝަނަލް ޑްރަގް އޭޖެންސީން ކުރި އިޢުލާނާއި ގުޅިގެން ބިޑް ހުށައެޅި ފަރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ކުންފުންޏަށް މަސައްކަތް އެވޯޑްކޮށްފައި އޮތުމުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރިކަމުގެ ތުހުމަތާއި ގުޅިގެން ކޮމިޝަނަށް ހުށައަޅައި ތަޙުޤީގުކޮށްފައިވާ މައްސަލައެކެވެ.

މިމައްސަލާގައި ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ:

  1. އެމިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ،ު ސ. ހިތަދޫ ހަނދުވަރީގެ އާއިޝަތު ރަޝީދު
  2. އެމިނިސްޓްރީގެ އޭރުގެ ޑިރެކްޓަރު ގދ. ތިނަދޫ ނޫވިލު، ހުދޫދާ ވަހީދު
  3. އެމނިސްޓްރީގެ ޑިރެކްޓަރު، ގދ. ގައްދޫ ވިލިގަލާ އާމިނަތު ޝިހާމާގެ މައްޗަށެވެ.

މި ތިން ބޭފުޅުންނަކީ ކުރީގެ ޖެންޑަ މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިބި ބޭފުޅުން ނެވެ. އަދި އޭރުގެ ސްޓޭޓް މިނިސްޓަރު މިހާރު ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަގާމުގަ އެވެ.

މިމައްސަލައިގެ އޭސީސީން ކުރި ތަހުގީގަށް އެނގިފައިވާ ކަންކަމުގެ ތެރޭގައި ގދ.ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ޑްރަގް އެޖެންސީން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ބިޑުތައް އެ އޭޖެންސީން އިވެލުއޭޓުކޮށް، އިއުލާނާގުޅޭ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާއާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް އެ މަސައްކަތް ހަވާލުކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި، ބިޑު ކޮމިޓީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިވެލުއޭޝަނުން ދެވަނައަށް ދިޔަ ކުންފުންޏަށެވެ.

އޭސީސީން ބުނީ، އިވެލުއޭޝަނުން އެއްވަނަ ލިބޭ ފަރާތަށް އެ މަސައްކަތް އެވޯޑުކުރުމުގެ ބަދަލުގައި ދެވަނައަށް ދިޔަ ފަރާތަށް އެ މަސައްކަތް ހަވާލުކުރުމަށް ބިޑު ކޮމިޓީން ނިންމާފައިވަނީ، އެ ނިންމުމުގެ ސަބަބުން އިވެލުއޭޝަނުން ދެވަނައަށް ދިޔަ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް އެ ފަރާތަށް ލިބޭނެކަން އެނގިތިބެ، މަސައްކަތް ހަވާލުކުރި ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައިކަން ތަހްގީގަށް ސާބިތުވާ ކަމަށެވެ.

އިވެލުއޭޝަނުން ދެވަނައަށްދިޔަ ކުންފުންޏާ، އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ އިވެލުއޭޝަނުން އެއްވަނައަށް ދިޔަ ފަރާތަށްވުރެ 657,846.60 (ހަ ސަތޭކަ ފަންސާސް ހަތް ހާސް އަށް ސަތޭކަ ސާޅީސް ހަ ރުފިޔާ ފަސްދޮޅަސް ލާރި) ބޮޑު އަގުގައިކަން ތަހުގީގަށްވަނީ އެނގިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

މިމައްސަލާގައި ހިމެނޭ ތިން މީހުންގެ މައްޗަށް ކުރަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަައުވާ އާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދަައުވާއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް