ads
މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވާ މަންޒަރު
މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ
މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.

މި ހާދިސާގައި އަނިޔާވެގެން އޭޑީކޭގައި ފަރުވާދެމުންދަނީ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. 

ފުލުހުން މިރޭ ބުނީ، އެ ހާދިސާ ހިނގީ ރަތްވިލާމަގުގައި ހުރި ވޯކްޝޮޕެއްގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 20:46 ގައި ކަމަށް ފުލުހުން ބުނެއެވެ. 

މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާއިރު، އެ ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުންޏެވެ. މާލޭގައި މިދިޔަ ނޮވެމްބަރު މަހުތެރޭ ހިނގި ނުރައްކާތެރި ހާދިސާއެއްގައި ނުވަ މީހަކު މަރުވިއެވެ. އެހާދިސާއިން ސަލާމަތްކުރެވުނީ އެންމެ މީހެކެވެ. އޭނާއަށް ދާދި ފަހުން ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.  

އެ ހާދިސާއާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މާލޭގައި ހިންގާ ގަރާޖުތައް މީހުން ނޫޅޭ ސަރަހައްދަށް ބަދަލުކުރައްވަން ވީ ވައުދު ތަކުރާރު ކުރައްވާފައެވެ. 

އެދުވަހު ރައީސް ވިދާޅުވީ، އެފަދަ ހާދިސާތައް މަދުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކަށް އޮތީ މާލޭގެ ތޮއްޖެހުމަށް ހައްލެއް ގެނައުން ކަމަށާއި، ދެވަނަ އަށް ކުރަން އޮތް ކަމަކީ ގަރާޖާއި ވޯކްޝޮޕްތައް ބަދަލުކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ، އެކިކަހަލަ މަސައްކަތްތައް އެމަސައްކަތަކާއި ގުޅޭ ސަރަހައްދެއްގައި ކުރެވޭނެ ގޮތް ހަމަޖައްސައި ގަރާޖުތަކާއި ވޯކްޝޮޕްތައް ގުޅީފަޅާއި ތިލަފުށީގެ މަޝްރޫއުގައި ހިމަނާފައިވާ ކަމަށެވެ.

އަދި ކެމިކަލް ގަރާޖުތައް އަދިވެސް މާލޭގައި ހުރިތޯ ޗެކް ކުރައްވާނެ ކަމަށާއި، ހުރެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް އެދުވަހު ވިދާޅުވި އެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް