ads
އަހުމަދު ރިލްވާން---
ރިލްވާނުގެ މައްސަލައިގެ ތަހުގީގު ރިޕޯޓް ރައީސަށް އަރުވަނީ
ވަގަށް ނަގައި، ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އާއި ގުޅިގެން މަރު ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު، ތައްޔާރު ކުރި ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އަރުވަން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރު ކޮމިޝަނުން ތައްޔާރު ކުރި، ތަހުގީގީ ރިޕޯޓް ރައީސް ސޯލިހު އަށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި، އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް މިކަމާއި، ގުޅޭ އިތުރު ތަފްސީލެއް މަރު ކޮމިޝަނުން އަދި ހާމަ ކޮށްފައި ނުވެ އެވެ. 

އަދި އެ ކޮމިޝަނުން ރިލްވާންގެ މައްސަލައިގައި ތައްޔާރު ކޮށްފައިވާ ރިޕޯޓް އާއްމު ކުރާނެތޯ ނުވަތަ ނޫންތޯ އަދި ކަށަވަރެއް ނޫނެވެ. 

މަރުކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް ރައީސް އަށް އެރުވުމަށް ނިންމާފައި ވާއިރު، ބައެއް ފަރާތްތަކުން ވަނީ، އެ ކޮމިޝަނުން ހިންގަމުން އަންނަ ތަހުގީގުތައް ލަސްކަމަށް ބުނެ އެކޮމިޝަނަށް ފާޑުކިޔަމުންނެވެ. އެހެން ނަމަވެސް އެ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ރިޕޯޓް އާއި ގުޅިގެން ރިލްވާން ގެއްލުވާލި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. 

އެ ތިން މީހުންނަކީ، އަހުމަދު އިސްމާއިލް (އަހަނދު)، އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ) އަދި އަހުމަދު މުއާޒު (ގަޓު މުއާ) އެވެ. އެ ތިން މީހުންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވާއިރު، އަހަނދުގެ މައްޗަށް ކުރަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. 

އިސޫގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ އެއް ކުރާ އިރު، ގަޓު މުއާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ވަނީ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް