
އާއްމު ގޮތެއްގައި އިނގިރޭސިންނަކީ، ބޮޑު ކަމުދިއުމަށް ފަހު، ޓޮއިލެޓް ޕޭޕަރު ބޭނުން ކޮށްގެން ސާފު ކުރާ ބައެކެވެ. އެހެން ނަމަވެސް މުސްލިމުން ނަކީ ބޮޑުކަމު ދިއުމަށް ފަހު ފެނުން ސާފު ކުރާ ބައެއް ކަމުން، އަރަބި އަދި މުސްލިމު ގައުމު ތަކުގެ ހުރިހާ ފާހާނައެއްގައި މުސްލިމު ޝަވަރު ހުންނަނީ ހަރުކޮށްފަ އެވެ.
މެޗުތައް ބަލާލުމަށް ގަތަރަށް ދިޔަ އިނގިރޭސި ސަޕޯޓަރުންނަށް މުސްލިމު ޝަވަރުގެ ބޭނުން އެނގުމުން އެކަން ޓުވިޓާގައި ހިއްސާ މީހަކު މަދެވެ. ކޮންމެ މީހަކުވެސް ދައްކަމުން ދަނީ، އެ ބޭނުން ކުރުމުން އަމިއްލަ ނަފްސު ތާހިރު ކަންމަތީ ހުންނަ އިހުސާސް ކުރެވޭ ވާހަކަ އެވެ. އަދި އެނބުރި ގައުމަށް ގޮސް އޭގެ ބޭނުން ކުރާނެ ވާހަކަ އެވެ.
މީގެ އިތުރުން ކޮރޭޝިއާއަށް ނިސްބަތްވާ މަޝްހޫރު ޔޫޓިއުބަރެއްވެސް ވަނީ، މިއީ، ހަޔާތުގައި ފެނުނު އެންމެ މުހިއްމު އެކަތި ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން މުސްލިމު ޝަވަރު އަލަށް ބޭނުން ކުރި އެހެން މީހަކު ބުނީ، މުސްލިމު ޝަވަރު ބޭނުން ކުރަން ފެށި ފަހުން އަމިއްލަ ގައިން ދުވާ ވަސް ތަފާތު ކަމަށާއި، ކުރިން ދުވާ ނުބައި ވަސް ނުދުވާ ކަމަށެވެ. އަދި މިއީ، ކޮންމެހެންވެސް ބޭނުން ކުރަންޖެހޭ އެއްޗެށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުންވެސް އެތައް ބައެއް އަންނަނީ މުސްލިމު ޝަވަރުގެ ބޭނުން ފެނި، އަނބުރާ ގައުމަށް ގޮސް ކަރުދާހުން ފޮހުން ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.