އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަރު ކޮމިޝަނުން ދެއްކި ވާހަކަ އާއި އެކުލަވައިލި ރިޕޯޓް ބަލައިނުގަންނަ ކަމަށާއި އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ކޮށްފައިވާ މަސައްކަތެއް ނޫން ކަމަށެވެ.
ރިލްވާންގެ މައްސަލައާއި ގުޅިގެން މަރު ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު، ތައްޔާރު ކުރި ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިހާރުވަނީ އަރުވާފަ އެވެ.
ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން ބުނިގޮތުން ރިލްވާނަށް ޝަހާދަތް ލައިދީ ކަރުބުރިކޮށްލައި ކަނޑުފައްތާފައިވާ ކަމަށް ތަހުގީގަށް މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ.