ads
ގުޅީފަޅު އަލިފާން- ފޮޓޯ އެމްވީ ކްރައިސިސް
ގުޅީފަޅުގައި ހުރި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ އަދަނީ
ގުޅީފަޅުގައި ހުންނަ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. 

އެމްއެންޑީއެފުން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 12:31 ގައި ކަމަށެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. 

your imageގުޅީފަޅުގައި ރޯވެފައި. (ފޮޓޯ ސޯޝަލް މީޑިއާ)

ރޯވީ އެމްޓީސީސީގެ އެކޮމަންޑޭޝަން ބްލޮކެއްގައި ކަމަށް އެމްއެންޑީއެފްއިން ބުނިނަމަވެސް އެމްޓީސީސީން ”ސީއެންއެމް“ އަށް ބުނިގޮތުގައި އެތަނަކީ 2021 ވަނަ އަހަރުގެ ތެރޭ އެޗްޑީސީއާއި ހަވާލުކޮށްފައިވާ ތަނެކެވެ. އަދި އެތަން މިހާރު ބޭނުންކުރަމުންދަނީ ކޮންބައެއް ކަމެއް ނޭނގެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެތަން މިހާރު ބޭނުން ކުރަމުންދަނީ، ތިލަމާލެ ބްރިޖު މަޝްރޫއު ހިންގަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ނެވެ.

މިރޭ އަލިފާން ރޯވި އެފްކޯންސްގެ ބްލޮކަކީ، މީގެ ކުރިން އެމްޓީސީސީގެ އެކޮމަންޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރުމަށް 2020 ވަނަ އަހަރުތެރޭ އެކުންފުނިން ތަރައްގީކުރަމުން އައި ތަނެކެވެ. ނަމަވެސް 2021 ވަނަ އަހަރުގެ އެޕްރީލް މަސްތެރޭ ކޮވިޑްގެ ހާލަތު ބޮޑުވެ، ސަރުކާރުން އެދިގެން ކޮވިޑް ފެސިލިޓީގެ ބޭނުމަށް އެމްޓީސީސީން ވަނީ އެތަން ސަރުކާރާއި ހަވާލުކޮށްފަ އެވެ. 

އަދި އޭގެފަހުން އެމްޓީސީސީން އެތަން އެއްކޮށް ދޫކޮށްލާފައިވާއިރު، އެތަނާއި ފަހުން ހަވާލުވެފައިވަނީ އެޗްޑީސީން ނެވެ.

އެޑިޓަރުގެ ނޯޓް: ރޯވީ އެމްޓީސީސީގެ އެކޮމަންޑޭޝަން ބްލޮކެއްގައި ކަމަށް މީގެ ކުރިން މި ލިޔުމުގައި ބުނެފައިވަނީ، އެމްއެންޑީފްއިން ދީފައިވާ މައުލޫމާތުގެ ކުށަކުން ނެވެ. މި ލިޔުން މިހާރުވަނީ އިސްލާހުކުރެވިފަ އެވެ.  

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް