މިކަމާއި ގުޅިގެން ފުލުހުން ”ސީއެންއެމް“ އަށް ބުނީ، ދެ ސައިކަލެއް ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުންދަނީ ތިން ފިރިހެނަކާއި އަންހެނަކަށް ކަމަށެވެ.
އަދި އެކްސިޑެންޓުވި ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލް ދުއްވި އަންހެންމީހާގެ އަތުގައި ލައިސެންސް ނެތްކަން ފުލުހުން ސީއެންއެމް އަށް ކަށަވަރުކޮށްދިނެވެ. އޭނާގެ ފަހަތުގައި އިން ފިރިހެނަކަށް ވެސް އަނިޔާވެގެން ދަނީ ފަރުވާދެމުން ނެވެ.
އަނެއް ސައިކަލުގައި ތިބީ ދެ ފިރިހެނެކެވެ. އެދެމީހުންނަށްވެސް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ނެވެ.