ads
ކުކުޅުގެ ވިޔަފާރީގައި ބްރެޒިލްގެ އޭބީޕީއޭ އަކީ އެންމެ މަގުބޫލު ކުންފުނި ؛- ފޮޓޯ އިންޓަނެޓް
ކުކުޅު އެކްސްޕޯޓު ކުރާވަރު އަންނަ އަހަރު އިތުރުވާނެ:'އޭބީޕީއޭ'
ބްރެޒިލްގެ ކުކުޅު ޕްރޮސެސް ކުރާ ފަރާތްތަކުން އަންނަ އަހަރު ކުކުޅު އުފެއްދުމާއި، އެކްސްޕޯޓު ކުރުން އިތުރު ކުރާނެކަމަށް ބްރެޒިލްގެ ކުކުޅު އުފައްދާ ކުންފުނި ”އޭބީޕީއޭ“ އިން ބުނެފި އެވެ.

އެ ގޮތުން އަންނަ އަހަރު އެކުންފުނިން 14.750 މިލިއަން ޓަނާ ހަމައަށް ކުކުޅު މަސް ޕްރޮސެސްކުރުމަށާ އެކްސްޕޯޓް ކުރާ މިންވަރު 8.5 އިންސައްތަ އަށް އިތުރުކުރުމަށް ނިންމާފައިވެ އެވެ.

އޭބީޕީއޭގެ ރައީސް ރިކާޑޯ ސެންޓިން ވިދާޅުވީ، އެތެރޭގެ ކުންފުނިތަކުން ޒުވާރީގެ އަގު ބޮޑުކޮށް ބަންދުކުރުމާއި، ހަކަތައިގެ އަގު ބޮޑުކޮށްފައިވާއިރު، ދުނިޔޭގެ ފެންވަރުގައި ކުކުޅު އެކްސްޕޯޓު ކުރާ މިންވަރުވެސް ބްރެޒިލް އަށް އިތުރުކުރެވޭނެކަމަށެވެ.

ސެނިޓިން ވިދާޅުވި ގޮތުގައި ބްރެޒިލްގެ 100 ކިލޯގެ ބްރޮއިލާ ކުކުޅުގެ އަގަކީ ގާތްގަނޑަކަށް 146 ޔޫރޯ ކަމަށާއި، ޔޫރަޕް އިއްތިހާދުން އުފައްދާ ކުކުޅުގެ އަގަކީ 263 ޔޫރޯ ކަމަށެވެ. އަދި އެމެރިކާއިން އުފައްދާ ކުކުޅުގެ އަގަކީ ގާތްގަނޑަކަށް 268 ޔޫރޯ ކަމަށާއި، މިއީ ބްރެޒިލަށް އޮތް ވަރަށް ބޮޑު ފައިދާއެއް ކަމަށް ސެނިޓިން ވިދާޅުވިއެވެ.

ބްރެޒިލަށް އޮތް އަނެއް ފައިދާއަކީ އެގައުމުގައި ދުވަހަކުވެސް ދޫނި ރޯގާ ފެތުރިފައި ނުވުމެވެ. ދޫނީގެ ރޯގާގެ އަސަރު އެމެރިކާ ފަދަ ދުނިޔޭގެ ކުކުޅު ސަޕްލައިކުރާ ފަރާތްތަކަށް މި އަހަރު ވަނީ ކޮށްފައެވެ.

ވެނެޒުއެލާ، ކޮލަމްބިއާ، ޕެރޫ އަދި ޗިލީގައި ދޫނި ރޯގާ ފެތުރިފައި ވުމުގެ ސަބަބުން އެކަމުން ރައްކާތެރި ވުމަށް އޭބީޕީއޭ އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ކަމަށް ވެސް ސެނިޓިން ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް