ads
ފްރާންސް ޓީމުގެ އެންމެ މުހިންމު އެއް ކުޅުން ތެރިޔާ ރަފޭލް ވަރާން އަށް ވަނީ ބަލީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި.؛- ފޮޓޯ އިންޓަނެޓް
ހުމުގެ ރޯގާގެ ވިލާގަނޑެއްގެ ތެރެއަށް ފްރާންސް ޓީމު!
ގަތަރުގައި މިހާރު ކުރިޔަށްދާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވާ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ގެ ބައެއް ކުޅުންތެރިން ހުން އައިސް ރޯގާޖެހި ވަރަށް ބޮޑަށް ބަލި ވެއްޖެ ކަމަށް ބޭރުގެ ބައެއް ނޫސްތަކުން ބުނެފި އެވެ. ފްރާންސް ޓީމަށް ހުމުގެ ރޯގާގެ ހިޔަނި އެޅިފައި

ފްރާންސްގެ ގައުމީ ޓީމުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ މިފަދަ ދަނޑިވަޅެއްގައި ވަރަށް ނުތަނަވަސް ކުރުވަނިވި ކަމެއް ކަމަށާއި ނަމަވެސް ފްރާންސް އިން ކަށިން ހިއްވަރާއި ބުން ވަރު ނެރެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށެވެ.

ބޭރުގެ ކުޅިވަރު ނޫހެއް ކަމަށްވާ އޯ، ބްރޭކިން ނިއުސް. އައި އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިވަގުތު ބަލިވެގެން އުޅޭ ކުޅުންތެރިންގެ ތެރޭގައި ޑިފެންޑަރު ރަފޭލް ވަރާން އާއި އިބްރަހިމާ ކޮނަޓޭ އަކީ އެންމެ ބޮޑަށް ބަލިވެގެން ރިޕޯޓް ކޮށްފައިވާ ދެ ކުޅުންތެރިންނެވެ.

އޭގެ އިތުރުން މޮރޮކޯ މެޗުގެ ކުރިން ބަލިވެގެން ރިޕޯޓް ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ގްރޫޕް ސްޓެޖުގެ މެޗުތަކުން އަދި ކުއާޓާ ފައިނަލުގައި ފްރާންސް ޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެޑްރިއެން ރަބިއޮޓް ވެސް އަދި ވެސް މުޅިން ބަލިން ރަނގަޅުނުވާކަމަށް ވެ އެވެ.

އޭގެ އިތުރުން ދެން އެ ޓީމުން ހާލު ގޯސް ވަމުން ނުވަތަ ހުމުގެ ފުރަތަމަ ސްޓޭޖުގައި ތިބި ކަމަށް ރިޕޯޓް ކޮށްފައިވާ ކުޅުންތެރިންތަކުގެ ތެރޭގައި ކިންގްސްލޭ ކޯމަން ގެ އިތުރުން ޑަޔޮޓް ވެސް ވަނީ ހިމެނިފަ އެވެ.

ވޯލްޑްކަޕގެ ފައިނަލް މެޗު މާދަމާ ރޭ އޮންނަ އިރު ފްރާނސްގެ ސަޕޯޓަރުންނަށް މި ހަބަރަކީ މާޔޫސް ކުރަނިވި ހަބަރެކެވެ. މިކަމާ ގުޅިގެން ފްރާސްގެ ރައްޔިތުންގެ ފަރާތުން ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވަނީ އެކުޅުންތެރިނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް މެކްރޮން ވަނީ ފައިނަލް މެޗުގައި ކަރިމް ބެންޒަމާގެ އިތުރުން އެންގޯލޯ ކާންޓޭ އަދި ޕައުލް ޕޮގްބާ ފަދަ އެންޖަރީގެ ސަބަބުން ވޯލްޑް ކަޕް ގެއްލިގެން ދިޔަ ކުޅުންތެރިން ކުޅޭތަން ބަލާލުމަށް އެދޭކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެކުޅުންތެރިން ފްރާންސް ޓީމުގައި މީގެ ކުރިން ދައްކާފައިވާ ކުޅުމަށް އޭނާ ވަނީ ތައުރީފު ކޮށްފައެވެ.

28%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
41%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް