ads
ބެންޒީމާ ފައިނަލް ކުޅެން ގަތަރަށް ނުދާނެ:- ފޮޓޯ އިންޓަނެޓް
ދެން ވޯލްޑް ކަޕް ކުޅޭކަން ބޭނުމެއް ނޫން: ބެންޒީމާ
ވޯލްޑް ކަޕް ކުޅެން ދެން ބޭނުން ނުވާ ކަމަށާއި އަދި މާދަމާ ރޭ ކުޅޭ ވޯލްޑް ކަޕް ފައިނަލް މެޗުން ފުރުސަތު ދިން ނަމަވެސް ޕްރާންސް ޓީމަށް ކުޅެން ބޭނުން ނުވާކަމަށް މިއަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އުމުރުން 34 އަހަރުގެ ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒީމާ ބުނެފިއެވެ.
Advertisement

އަލުން ވޯލްޑްކަޕުގައި ކުޅުމަށް ގަތަރަށް ދިއުމަށް ހުއްދަ ރެއާލް މެޑްރިޑުން ބެންޒީމާއަށް ދީފައިވަނިކޮށް، އޭނާ ބުނީ ފައިނަލު މެޗުގައި ކުޅެން ބޭނުން ނުވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ފަހު ކުޅެވޭނެ ކަމަށް ޔަގީންކަން މެޑިކަލް ޓީމުން ދީފައިވަނިކޮށް ރެއާލްމެޑްރިޑަށް އޭނާ ފޮނުވާލުން ކަމަށެވެ.

އޭނާއަށް އަނިޔާވީ ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށެވެ. އޭނާގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާ އިތުރަށް ބޮޑުވެދާނެކަމަށް މެޑިކަލް ޓީމުން ލަފާ ދިނުމާ ގުޅިގެން އޭނާ ގަތަރުން ފޮނުވާލީ ކޯޗް ނިންމި އެވެ. 

ކޯޗްގެ އެ ނިންމުން ނިންމާފައިވަނީ ގްރޫޕް ސްޓޭޖަށް ފަހު ކުޅެވޭނެ ކަމަށް ޔަގީންކަން މެޑިކަލް ޓީމުން ދީފައިވަނިކޮށެވެ. ވޯލްޑް ކަޕްގައި ބެންޒީމާ އަށް އަނިޔާވި ނަމަވެސް އޭނާ ސްކޮޑުން ބާކިކޮށްފައެއް ނުވެއެވެ.

ރެއާލް މެދްރިޑުން މީގެ ތިން ދުވަސް ކުރިން ހެދި މެޑިކަލް ޓެސްޓުތަކުން ބެންޒީމާ ވަނީ މުޅި ރިކަވާ ވެފައި ކަމަށް ނިންމައި އެ ކުލަބުގެ ފަރިތަކުރުން ތަކުގައި އޭނާ ބައިވެރި ކުރަން ފަށާފައެވެ. 

މިކަމާ ގުޅިގެން ބެންޒީމާ ވަނީ އިވޭ އަޑުތަކާ މެދު އޭނާ އުފާ ނުވާކަމަށާއި ދެން އިތުރަށް ވޯލްޑް ކަޕް ކުޅެން ގަތަރަށް ނުދާނެ ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން ބެންޒީމާ ވަނީ އޭނާގެ އިންސްޓަ ގްރާމަށް ވަރަށް ނުތަނަވެސްކަން ހާމަވާ ސެލްފީއެއް ދޫކޮށްލާފަ އެވެ.

36%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
34%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް