ads
ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވީއައިއޭގެ އެކި ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރަށް ލިބޭ ފައިސާއިން.
ސޮވެރިން ފަންޑަށް 768.2 މިލިއަން ޖަމާކޮށްފި
ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) އަށް 768.2 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.

މިއަހަރު ނިމޭއިރު އެ ފަންޑަށް 768.2 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިހާރު އެ ފަންޑުގެ ސައިޒަކީ 5.3 ބިލިއަން ރުފިޔާއެވެ. މި ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ފަންޑުގެ ބޭންކު ބެލެންސް ގެ ގޮތުގައި ހުރީ 289.6 މިލިއަން ރުފިޔާއެވެ.

މި ފަންޑަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ނަގާ ލޯނު ދެއްކުމުގެ ގާބިލުކަން ހޯދުމަށާއި ނަގާ ދަރަނި އަދާ ކުރުމުގައި އިގުތިސާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ.

ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައޭ) ބޭނުން ކުރާ ފަރާތްތަކުގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމެންޓު ޗާޖް (އޭޑީސީ) އިންނާއި އެއާޕޯޓުގެ އެކި ހިދުމަތްތަކުން ލިބޭ ފައިސާއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް