ads
އެޗްޑީސީ އަދި އެމްއައިޓީޑީސީ އިން ކޯހުގެ ބައިވއެރިންނާ އެކު ނަގާފައިވާ ގުރޫޕް ފޮޓޯ:- ފޮޓޯ އެޗްޑީސީ
ބޯޓިން ދާއިރާއިން ޒުވާނުން ތަމްރީނު ކުރަނީ
ބޯޓިން ދާއއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭށަން (އެޗްޑީސީ) އަދި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ ތަމްރީނުތަކާ ގުޅޭގޮތުން އިއްޔެ އެ ދެފަރާތުން ބޭއްވި ބައްދަލުވުމުގައި ވަނީ ތަމްރީނަށް ކުރިމަތިލި 10 ޒުވާނުންނަށް އެ ކޯސް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައެވެ.

އެޗްޑީސީން ބުނާ ގޮތުގައި މިފަދަ ޕްރޮގްރާމެއްގެ މަގުސަދަކީ ހަރުދަނާ އަދި ހުނަރުވެރި ޒުވާން ޖީލެއް ބިނާ ކުރުމެވެ އަދި މި ޕްރޮގޮރާމް ފުރިހަމަ ކުރުމާއެކު ދުނިޔޭގެ ކޮންމެތާކުވެސް މޮޓޯބޯޓު އޮޕަރޭޓް ކުރެވޭ ރޯޔަލް ޔޮޓިން އެސޯސިއޭޝަންގެ ލައިސަންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު އުމުރުފުރާގެ ތެރެއިން ގުރޭޑް 10 ނިންމާފައިވާ އަދި ފަރިތަކަމާއިއެކު އިނގިރޭސިން ވާހަކަ ދައްކަން އެނގޭ ޒުވާނުންނަށެވެ.

your imageމި ކޯހަށް ހޮވިގެންދިޔަ ބައިވެރިޔަކަށް ލިޔުން ދެނީ :- ފޮޓޯ އެޗްޑީސީ

މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ދެ ދުވަހުގެ ތިއެރެޓިކަލް ޓްރެއިނިން އެއް ފުރިހަމަކުރަން ޖެހޭނެ އެވެ. އަދި ރާއްޖެއިން ބޭރުގައި 10 ހަފްތާގެ މުއްދަތަކަށް ކުރިއަށްދާނެ ޕްރެކްޓިކަލް ސެޝަންތަކެއްގައި ވެސް ބައިވެރިވާންޖެހޭނެ އެވެ.

އެޗްޑީސީ އިން ބުނާ ގޮތުގައި މިއީ ރާއްޖޭގެ މާހައުލާއި ގުޅޭ އަދި އެޗްޑީސީގެ މުސްތަގުބަލުގައި ކުރިޔަށްދާން ހުރި ބޮޑެތި މަޝްރޫއުތަކުން އުފެދޭނެ ވަޒީފާތަކަށް ހުނަރުވެރިން ތަމްރީނު ކުރުމަށް ކުރެވިގެންދާ މަސައްކަތެއް ކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް