ads
އެސްޓީއޯގެ އަށުވަންނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައި.
އެސްޓީއޯގެ 58 އަހަރީ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް
އެސްޓީއޯގެ 58 ވަނަ (އަށުވަންނަ) އަހަރީ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް އެ ކުންފުނިން ނިންމައިފިއެވެ.
Advertisement

ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހަކީ އެ ކުންފުނީގެ އަހަރީ ދުވަސް ކަމަށްވުމުން، ދުވަހާ ގުޅުވައިގެން މި އަހަރުވެސް މުހިންމު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

 އެގޮތުން "އެސްޓީއޯ ސޭލް" ގެ ނަމުގައި އެއް ދުވަހުގެ ސޭލެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް، މަކިޓާ ޝޯރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން އަދި އެ ކުންފުނީގެ ރީޖަނަލް ފިހާރަތަކުގައި މިއަދު ކުރިޔަށްދާ އެ ސޭލް ގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށާއި ރުއަތުން ހޮވޭ 58 ފަރާތަކަށް ގިިފްޓް ހެމްޕާއެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ. 

އެ ކުންފުނީގެ ފަރާތުން ބުނި ގޮތުގައި އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ އެއްދުވަހުގެ ސޭލަށް ވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.


އަހަރީ ދުވަހާ ގުޅުވައިގެން "އެސްޓީއޯ އަށުވަންނަ" އިގެ ނަމުގައި ހާއްސަ ސޯޝަލް މީޑިއާ ކެމްޕެއިނެއް ކުރިޔަށް ގެންދިއުމަށް ވެސް އެ ކުންފުނިން ވަނީ ނިންމައިފައެވެ. އެ ކެމްޕެއިން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް އިންސްޓަގްރާމް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެއެވެ.

 "ސޯސަލް" އާ ގުޅިގެން ކުރިޔަށް ގެންދާ މި ކެމްޕެއިނުގައި ފަސް ދުވަހަށް ބަހާލައިގެން ކޮންމެ ދުވަހަކުވެސް އެސްޓީއޯ އާ ގުޅޭގޮތުން އެއް ސުވާލު ކުރެވޭނެކަމަށާއި ސުވާލުތަކަށް ރަނގަޅު ޖަވާބުދޭ 58 ފަރާތަކަށް އެ ކުންފުނީގެ ފަރާތުން ގިިފްޓް ހެމްޕާއެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. 

މި ކެމްޕެއިނުގައި ބައިވެރިވުމަށް އެސްޓީއޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރުމަށްފަހު ކޮންމެ ދުވަހަކު ވެސް ކުރެވޭ ސުވާލުގެ ޖަވާބު، ޕޯސްޓަށް ކޮމެންޓެއްގެ ގޮތުގައި ކުރުމުގެ އިތުރަށް ކޮމެންޓް ސެކްޝަނުގައި ތިން ރައްޓެހިން ޓެގް ކުރަން ޖެހޭނެ ކަމަށާއި ފަސް ސުވާލަށް ފަހު ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުލައިގެން 58 ނަސީބުވެރިން ހޮވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް