ads
އައްޑޫ ސިޓީގައި ބޭއްވި ޓީޗާސް ކޮންފަރެންސް - ފޮޓޯ: މޯލްޑިވްސް ޓްޑޭ
އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ކުޅުދުއްފުށީގައި ބާއްވަނީ
އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި މި ޑިސެންބަރު މަހުގެ 24 އިން 25 އަށެވެ. ސީއެންއެމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވުމަށް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެއެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީވެސް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމު ކޮށްގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން ގެންދާ މި ކޮންފަރެންސްގެ ހަވަނަ އެޑިޝަންއެވެ. މިއަހަރުގެ ތީމަކަށް ކަނޑައަޅުއްވާފައިވަނީ "ކަރަންޓް ޕާސްޕެކްޓިވް އެންޑް ފިއުޗާ ޑިރެކްޝަންސް" އެވެ. މި ފަހަރުގެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަމާ ގުޅުން ހުރި 250 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގައިވެސް ސީއެންއެމް އަށް މައުލޫމާތު ލިބިފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް