ads
މިދިޔަ މެއި މަހު ލެތުން ޑޭޓާބޭސް އިފްތިތާހު ކުރުމުގެ ތެރެއިން
ޮީޕީޖީ އޮފީހުގެ ”އާމަހި“، ”ލެތުން“، ”އުންސުރު“ތައާރަފްކޮށްފި
ޕްރިސިކިއުޓަ ޖެނަރަލް(ޕީޖީ) އޮފީހުގެ ”އާމަހި“، ”ލެތުން“، އަދި ”އުންސުރު“ އިފްތިތާހު ކޮށްފި އެވެ.

އާމަހި އަކީ، ޕީޖީ އޮފީހުގައި ދުވަހުން ދުވަހަށް ކުރާ، މައިގަނޑު ހުރިހާ މަސައްކަތަކާބެހޭ މަައުލޫމާތު، އާންމުންނަށް ބެލޭނޭ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ.

ޕީޖީ އޮފީހުން މިއަދު މި ވެބްސައިޓް ތާއާރަފްކޮށް ބުނިގޮތުން، ކޮންމެ ދުވަހަކު، ތަހްގީގީ އިދާރާތަކުން ޕީޖީ އޮފީހާ މަޝްވަރާކުރާ މައްސަލަތަކާއި، އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލަތަކާއި، ކޯޓުގައި މައްސަލަ ތާވަލުކުރާ ގޮތާއި، މައްސަލަތައް ނިމޭ ގޮތާބެހޭ ހުރިހާ މަައުލޫމާތެއް ވެބްސައިޓުން ފެންނާނެ އެވެ. އެމަައުލޫމާތުތައް، ކޮންމެ ހަ ގަޑިއިރަކުން އެއްފަހަރު އަދާހަމަ ކުރެވެމުންދާނެ އެވެ.

"ލެތުން" އަކީ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމުގައި ބަލައި، ދިރާސާކޮށް، ހަވާލާދީ، އަމަލުކުރަންޖެހޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާއި، މަތީ މަރްހަލާގެ ކޯޓުތަކުގެ ނިންމުންތަކާއި، މެމޯތަކާއި އިރުޝާދުތަކާއި އަމަލުކުރާ އުސޫލުތައް، އެއްތަނަކުން ފެންނާނޭގޮތް ހެދުމަށްޓަކައި އުފައްދާ ޑާޓާބޭސްއެކެވެ. 

އެއޮފީހުގެ "ލެތުން" ޑާޓާބޭސް އެންމެ ފުރަތަމަ އިފްތިތާހް ކޮށްފައިވަނީ 29 މޭ 2022 ގައެވެ. މިއަދު ތައާރަފްކުރީ އޭގެ އިނގިރޭސި ވާޝަން އެވެ. މި ޑޭޓާބޭސްއަށް ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހައި ފަރާތްތަކާއި، ގާނޫނު ކިޔަވައިވިދާޅުވާ ބޭފުޅުންނާއި، އާންމުންނަށް އެކްސެސް ލިބޭނެ ކަމަށް އެ އޮޕީހުން ބުންޏެވެ.

"ލެތުން" ގައި ހިމަނާފައިވާ ގާނޫނުތަކާއި، ގަވާއިދުތައް ހިމަނާފައިވާނީ އެކި ފަހަރުމަތިން ގެނެސްފައިވާ އިސްލާހުތައް ކޮންސޮލިޑޭޓްކޮށް، އިސްލާހް ގެނެވުނު ތާރީހުތައްވެސް އެނގޭނެގޮތަށެވެ. އަދި ފަރުމާކޮށްފައިވާނީ ގާނޫނީ ދިރާސާތައް ހަދާ މީހުންނަށް ފަސޭހަވާނެގޮތަށް، ސާޗްވެސް ކުރެވޭގޮތަށެވެ.

"އުންސުރު" އަކީ ޕީޖީ އޮފީހުގެ ނިއުސްލެޓަ އެވެ. އެއީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ 15 އަހަރުވީ ތާރީހުގައި މުޅިން އަލަށް ފަށާ މަސައްކަތެކެވެ. ޕީޖީ އޮފީހުން ބުނީ، "އުންސުރު" ގެ ބޭނުމަކީ، އޮފީހުގެ މަސައްކަތް ހިނގާނުހިނގާ ގޮތް އާންމުންނަށް ތިލަކޮށްދިނުން ކަމަށާއި، ކުށުގެ އަމަލު ހިނގާ ގޮތާއި، ތަންތަނާއި، ވަގުތާއި، ކުށުގެ ޓްރެންޑުތަކަށް އަންނަ ބަދަލުތައް ކިޔައިދީ، ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، ޖިނާއީ އަދުލުގެ ނިޒާމުގައި ސުވާލު އުފެދޭ ކަންކަން ސާފުކޮށް ފިލުވައިދިނުން ކަމަށެވެ. 

ޕީޖީ އޮފީހުން ބުނީ، އެ އޮފީހުން ނިންމާ ހަމަ ކޮންމެ ނިންމުމަކީ، މީހެއްގެ ނުވަތަ ބައެއްގެ ހަޔާތާ ސީދާ ގޮތުން ގުޅިފައިވާނެ ނިންމުމެއް ކަމަށްވުމުން، "އުންސުރު" ގެ ބޭނުމަކީ، އެނިންމުން ނިންމާ ގޮތާއި، ސަބަބާއި، އެކަމުގައި ބަލާނެ ކަންކަމާއި، އެކަންކަން ހިނގާނުހިނގާ ގޮތް، އާންމުންނަށް ކިޔައިދިނުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް