ads
ފެމިލީ ކޯޓު ބޭރުގައި ޓެންޓު ޖަހާފައި
ރީތި ތާރީހުގައި 50 ވުރެ ގިނަ ކައިވެނި، ފެމިލީ ކޯޓު ބޭރުގައި ޓެންޓު ޖަހައިފި
ރީތި ތާރީހުގައި ކައިވެނިކުރާ މީހުން ގިނަވެ ފެމިލީ ކޯޓު ބޭރުގައި ޓެންޓު ޖަހައިފި އެވެ.

ފެމިލީ ކޯޓުން ބުނީ، ކާވެނި ޑިވިޜަންގެ މަގާވީ ފަރާތުގައި ޓެންޓު ޖަހާފައިވަނީ، 22/12/22 ގައި ގިނަ އަދަދެއްގެ ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވާތީ ކޯޓަށް ދާ މީހުންނަށް ލުއިފަސޭހަ ކޮށްދީ، އަވިން ސަލާމަށްވެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ.

މިއަދު ޖުމްލަ 58 ކައިވެނިކުރާއިރު، ރަސްމީ ގަޑީގައި 25 އަދި ނުރަސްމީ ގަޑީގައި 33 ކައިވެނި ކޮށްދިނުމަށް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ. 

ކޮންމެ އަހަރެއްގެ ރީތި ތާރިހުތަކުގައި ގިނަ ބަޔަކު ކައިވެނި ކުރެ އެވެ. އަދި އަހަރުގެ ފަހުކޮޅު ކުރާ ކައިވެނިތައް އިތުރެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ފެމިލީ ކޯޓުން ކޮށްދިން ކައިވެންޏާއި ގާތް ކުރާ އަދަދަކަށް އެމަހު ވަނީ ވަރިވެސް ކޮށްފަ އެވެ.

ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، މިދިޔަ މަހު ފެމިލީ ކޯޓުން 170 ކާއިވެނި ކޮށްދީފައިވާއިރު، ހަމަ އެމަހު 119 ވަރީގެ މައްސަލަ ނިންމާފައި ވެއެެވެ.

ފެމިލީ ކޯޓުން ވަނީ އަންނަ އަހަރު ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އަދި 28 ވަނަ ދުވަހުން އިން ފެށިގެން ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކައިވެނި ނުކޮށްދޭނެކަން އަންގާފަ  އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް