ads
ދަންނަވަންތޯ: އިއްޔެގެ ދަންނަވަންތޯ؟ އަދި އަހަރެންގެ ވާހަކަ އޮތީ އެވެ.
"ތޯ؟ ދަންނަވަން ކަމެއް އެތައް ހިނގާދިޔަ މީލާދީ ސަނަތުން، ހޯ! ކިޔާނުކިޔާނެއްކަމު ލިޔެވިދިޔަ ދުއި ހާސް ސައުދައަކުން، ލިޔަމެ ދަނޑިވަޅުވަޅުން ހުނިޖެހުނު ލަވައިދިންތަކުން، އޮލަނބަށް ލިޔުނު ހާސަރު ކިޔެވަތާއިންނަށް ސުކުރުން ސުކުރު އަދާކުޅަ ހިނދުން، އަމުދުން ފޫހިކަންނެތި އަޅުފަށަމެ ފަސްދިން ދަންނަވަންތޯ؟ ދަނޑިވަޅުތަކުން"

އަދޭހެވެ! އަމީން ދީދީ އާދޭސް ނުދަންނަވާ ލިޔުންމެއް މަދެވެ. އެއީ ކޮންމެ ޒަމާނަކަށް ފެތެނިވި ލިޔުންތެރިކަމެވެ. ހިނގާށެވެ. މި ކޮލަމުގެ ލިޔުންތެރިކަމުގެ ވައްޓަފާޅި ކަމުދިޔަނުދިޔަ ކިޔާކަށް ނެތީމެވެ. ފަސްދީ މިދާ އަހަރު ކޮލަމުގެ ބަސްމަގު ކިޔުންތެރިންނަށް އައިބެއް އިހުސާސް ކުރެވުނުކަން މަށަށް ފާހަގަ ކުރެވުނެވެ.  އެހެނީ "ލިޔުންތެރިން" އަދި "ކިޔުންތެރިން" ވާހަކަ ޖުމުލަކޮށް ބަޔާންކުރުމަށް "ލިޔެކިޔުންތެރިން" ބަހުގެ އަދަބަށް ބަލާއިރު ބޭނުން ނުކުރެވެންވީ ހަމައެއް ބަހަވީ އިލިމުން ފެންނާކަށް ނެތެވެ. ނަމަވިޔަސް މިބަހަކީ ދިވެހި ބަހުގެ ބަސްފޮތުން ފެންނާން ނެތް މައްދިވެހި ބަހުގެ ސިފަ އެކުލެވޭ ބަހެކެވެ.

ބަހެއް ކުރިއަރާ ތަރައްގީވެދިއުމަށް ލިޔުންތެރިކަން ކުރިއަރައިދާން މަޖުބޫރު ވެދެއެވެ. ލިޔުންތެރިކަން ކުރިއަރާދިއުމަށް ކިޔުންތެރިންނަށް އާބަސްތަކެއް ފަހުމުވާން ޖެހެއެވެ. ނުވަތަ އާބަސްމަގެއް "ހެންހީވާން" ޖެހެއެވެ. ބުއްދިއާކުޅުމަށް ބަސްމަގު ބަދަލުކުރުމަކީ ލިޔުންތެރިކަމުގެ ހުނަރެކެވެ. އެގޮތީ އުފަންކުރުވަނިވި "އަލަތުބަސް" އެއީ ކިޔާމީހާގެ ބުއްދިއަށް އަބަދުވެސް ދަންނަ ނުދަންނަ ބަހަކަށް ވެއްޖެނަމަ ޝައްކެއްނެތި އެ ވާހަކަ ދެކެވޭނެތީއެވެ. އެ ކަން ކިޔުންތެރިންގެ "ކޮމެންޓް" ނުވަތަ "ލަވައިދިން" ތަކުން މޭރުންކުރެވުނެވެ.

ދަންނަވަންތޯ؟ ލިބުނު ހިތްހަމަ ޖެހުމަކީ ލިޔުނު އެއްޗަކަށްތުރެ ބޮޑަށް ކޮލަމުގެ ބަހުރުވަޔަށް ލިބުނު ސަމާލުކަމެވެ. މި ކޮލަމުގެ އާޑުފާޑު ސިޔާސީވިޔަސް، ކިޔުންތެރިންގެ ސަމާލުކަން ހުއްޓުނު ދަނޑިވަޅުތަކުން ހުނިޖަހާލެވުނު ކޮމެންޓުތަކު ތެރެއިން "ވަލުޒިނޭ" އަހުރެން ވަރަށް ގަޔާވިއެވެ. އެހެނީ ދިވެހި ބަހުގައި "ރޭޕް" ކުރުމަށް "ވަލުޒިނޭ" ނުކިޔާންވީ ސަބަބެއް ނުވިސްނުނީމައެވެ. އަދު ބަހަކީ ޤާނޫނަކުން އުފައްދާ އެކަޑަމީއަކުން ފާސްކުރާ ބަސްބަސް ކަމުގައި ވެދާނެއެވެ. އެހެނަސް އެއީ އެކަޑަމީގައި ތިބޭ ބަޔަކު ސައްލާކޮށް އުފައްދާއެއްޗަކަށް ވާންވެއްޖެނަމަ ދުވަހަކުވެސް ބަސްކުރިއަރާ ދާނެގޮތެއް ނޯންނާނެއެވެ. އަލަތުބަހަކަށް ބޭނުންވާ ކޮންމެ ފަހަރަކު އެކަޑަމީއަށް ލިޔެ ފާސްކޮށް ހުއްދަހޯދާ ލިޔެކިޔުންތެރިކަން ކުރިއަރުވާން އުޅެފިނަމަ ވާނީ އޮއިވަރާދެކޮޅަށް ފެތުމަށްތުރެ އުނދަގޫ ކަމެއްކަމު ވެދާނެއެވެ.

އަސްދަނޑިން ބޭރުން ފެންނަ މަންޒަރުތަކުން، ލިޔެކިޔުންތެރިން އުފައްދާ ބަސްބަސް އެއްކޮށް އެބަސްބަހުގެ މަގުބޫލުކަމާއި ބަހަވީ އިލިމަށް ފެތޭ މިންވަރަށް ރިއާޔަތްކޮށް އާއްމުކުރެއެވެ. އެގޮތީ "އޮކްސްފޯޑް" ނުވަތަ އެނޫންވެސް ބަސްފޮތް އެކުލަވާފަރާތްތަކުން އަލަތުބަސްތައް އަހަރަކު އެއްފަހަރު ބަސްފޮތަށް އިތުރުކުރަމުން ދިއުމެވެ. ބަސްއުފެއްދީ ކާކުކަން އާއްމުނުކުރިޔަސް އަދި ނޭނގުނަސް ބަސް މުއްސަނދި ވާނަމަ އެއީ ރަނގަޅެކެވެ.


ފިލާއޮވެ، ދަންނަވަންތޯ؟ ވާންޗޯވެގެން ޕާޓޭއިން އުފެއްދި ބަސްބަހެއް ވަކި މަދެއް ނޫނެވެ. އެ ބަސްބަސް ބަސްފޮތަށް އިތުރުވާނުވާ މަށަކު ބަލާކަށް ނެތީމެވެ. ދިވެހިބަހުގެ އެކަޑަމީއަށް "އެކަޑަމީ" ދިވެހި ނުކުރެވުނުހިނދު، ލިޔެކިޔުންތެރިން ގޮތް ނިންމާށެވެ. ބަހަކީ އައުވެއާވެ އޮންނައެއްޗެކެވެ. އެގޮތީ ބަހަށް ސަމާލުކަން ދޭނެބަޔަކު އުފަންކުރެވިއްޖެ ނަމައެވެ. އާދޭހެވެ! އަލަތު އަހަރަށް މިވެސް އަޒުމެއް ކަމުހަދަން ރަނގަޅު ވިސްނުމެކެވެ.

މިވެސް ފެށުމެކެވެ. އާވެ އަހަރު ފަށައިގަތުމުގެ ކުރިން ކޮލަމު ކިޔުންތެރިންނަށް އާއަހަރުގެ ތަހުނިޔާ ފޮނުވަމެވެ. އަދި މި ކޮލަމާއެކު ތިބި ކިޔުންތެރީންނަށް އަދިވެސް ތަފާތު ކަށަވަރުކޮށް ދޭނަމެވެ. މިރ! ދަންނަވަންތޯ؟ "ބުނެތެވ." އަދި "އަހަރެންގެ ވާހަކަ" އޮތީއެވެ. ކުރިއަށް އޮތް ހަފްތާ ބަލަމާ ހިނގާށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް