ads
މާރާމާރީ އާއި ގުޅިގެން ހައްޔަރު ކުރި އަންހެން މީހާ
ބޭބެއަށް ގަޔަށް ވަޅިޖެހި އަންހެން މީހާ 15 ދުވަހަށް ބަންދު
މާލޭގެ ގެއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި ބޭބެގެ ގަޔަށް ވަޅިޖެހި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ހެންވޭރުގައި ހުރި ގެއެއްގެ ތެރޭގައި ހިނގި މި މާރާމާރީ އާއި ގުޅިގެން ފުލުހުން ވަނީ، އުމުރުން 25 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ، މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މާރާމާރީ ހިނގީ އާއިލީ މައްސަލައެއް ތެރެއިންނެވެ. ފުލުހުން މީގެ ކުރިން ބުނިގޮތުގައި އާއިލީ މައްސަލައެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވަނީ، 37 އަހަރުގެ ފިރިހެނެކެވެ. 

 

ވަޅިން ހަމަލާދީފައިވަނީ ފިރިހެންމީހާގެ ބޮލަށް ކަމަށް ވެ އެވެ. އެ ފިރިހެން މީހާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ސެނަހިޔާ ހޮސްޕިޓަލުގަ އެވެ.

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް