ads
މިއަދު ބޭއްވި ޑްރިލްގެ ތެރެއިން---ފޮޓޯ: އެމްޕީއެލް
މި ޑްރިލް އެހެން ފަހަރުތަކަށް ވުރެ ފުރިހަމަ، ނަތީޖާ ރަނގަޅުވާނެ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ފާހަގަ ކުރާ ސޭފްޓީވީކުގައި ކުރިއަށް ގެންދާ ހާއްސަ ޑްރިލް ތަކާ އާޅާބަލާއިރު މިއަހަރު ބޭއްވިގެން ދިޔަ ޑްރިލް އެހެން އަހަރުތަކަށް ވުރެ ފުރިހަމަ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅު ވެއްޖެ އެވެ.

ސަލާމަތީ މިންގަނޑުތައް ވަރުގަދަކުރުމަށް މިއަދު މިބޭއްވޭ ޑްރިލް މެންދުރު 13:00 ގައި ފެށި އިރު، މި ޑްރިލް ނިންމާލުމަށް ހަމަޖެހިފައިވަނީ، ހަވީރު 17:00 ގަ އެވެ. 

މިޑްރިލް ކުރިޔަށް ގެންދާ މާލޭ ކޮމާޝަލް ހާބަރަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ކައިރީގައިވާ ތަނެއް ކަމުން، މި ޑްރިލް ޕްރެކްޓިސް ގެ ތެރެއިން އުފެދިދާނެ ދުމުގެ އަސަރުން ރައްކާތެރިވެ ތިބުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ޑްރިލް އާއި ބެހޭ ގޮތުން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދް އަލީ ވިދާޅުވީ އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރުގެ ޑްރިލް ފުރިހަމަ ކަމަށެވެ. 

your imageމިއަދު ބޭއްވި ޑްރިލްގެ ތެރެއިން---ފޮޓޯ: އެމްޕީއެލް 

އަދި މިޑްރިލްގެ ބޭނުމަކީ އެކުންފުނީގައި ގާއިމުކުރެވޭ ހެލްތް އެންޑް ސޭފްޓީ ސްޓޭންޑާޑާއި އެއްވަރަށް އެ ކުންފުނީގެ އެމަޖެންސީ ރެސްޕޮންސް ވެސް ރަނގަޅު ކުރުން ކަމަށް ޝާހިދު ވިދާޅުވި އެވެ. 

your imageމިއަދު ބޭއްވި ޑްރިލްގެ ތެރެއިން---ފޮޓޯ: އެމްޕީއެލް 

"އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރުގެ ޑްރިލް ފުރިހަމަ ވާނެ. އަދި މިޑްރިލް ގެ ބޭނުމަކީ އެ ކުންފުނީގައި ގާއިމުކުރެވޭ ހެލްތް އެންޑް ސޭފްޓީ ސްޓޭންޑާޑާއި އެއްވަރަށް އެ ކުންފުނީގެ އެމަޖެންސީ ރެސްޕޮންސް ވެސް އެޔާއި އެއވަރަށް ރަނގަޅު ކުރުން" ޝާހިދު ވިދާޅު ވިއެވެ.

އެމްޕީއެލް އިން ކުރިއަށް ގެންދާ މި ޑްރިލް އަކީ އެމްއެންޑީއެފް ކޯސްޓް ގާޑް، ފަޔާއެންޑް ރެސްކިޔު ގެ އިތުރުން ރެޑް ކުރެސެންޓް އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން ހިންގޭ ޑްރިލް އެކެވެ.

your imageމިއަދު ބޭއްވި ޑްރިލްގެ ތެރެއިން---ފޮޓޯ: އެމްޕީއެލް 

މި ޑްރިލްގައި އެމްޕީއެލްގެ 100 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވާއިރު، އޭގެ ތެރޭގައި މުޅި ބަނދަރުގައި ހަރަކާތް ތެރިވާ މުވައްޒަފުންނާއި ހެޑް އޮފީހުގެ މުވައްޒަފުން، ސާވިސް ބިލްޑިންގުގެ މުވައްޒަފުން އަދި ގުދަން ސަރަހައްދުގައި ހަރަކާތް ތެރިވާ މުވައްޒަފުންގެ އިތުރުން އެހެނިހެން ޑިޕާޓްމެންޓް ތަކުން ވެސް އެތައް މުވައްޒަފުންނެއް ބައިވެރި ވާކަމަށް ސީއީއޯ ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ޝާހިދު ވިދާޅުވީ މިއީ އަދި މިހާތަނަށް އެމްޕީއެލްގައި ސޭފްޓީގެ ކަންކަމަށް ބޭއްވިގެންދާ އެންމެ ބޮޑު ހަރަކާތް ކަމަށެވެ.

your imageމިއަދު ބޭއްވި ޑްރިލްގެ ތެރެއިން---ފޮޓޯ: އެމްޕީއެލް 

މި ޑްރިލް ގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން މާފަށް އެދޭ ކަމަށާއި މި ފަދަ ޑްރިލް އެކްސަސައިޒް ތަކަށް އާންމުންގެ ފަރާތުން ދޭ އެއްބާރުލުމަށް ކުންފުނީގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް