ads
ގައުމީ ޓީމުގެ ފޯވާޑު ހަމްޒާ
ފީފާ ރޭންކިންގައި ރާއްޖެ ދަށްވާން ފަށައިފި
ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާއިން ކޮންމެ ދެ މަހަކުން އެއްފަހަރު، ފީފާ ފިރިހެން ޓީމުގެ ރޭންކިންގައި ދިވެހި ރާއްޖެ ދެ ދަރަޖަ ފަހަތަށް ގޮއްސިއެވެ.

މިދިޔަ އޮކްޓޯބަރު މަހު ފީފާ ރޭންކިން  އިއުލާންކުރި އިރު ރާއްޖެ އޮތީ  154 ވަނައިގައެވެ. އޭގެ ކުރިން އޮގަސްޓު މަހު ނެރުނު ރޭންކިން ލިސްޓުގައި ރާއްޖެ އޮތީ 156 ވަނައިގައެވެ. ރާއްޖެއަށް އޮކްޓޯބަރު މަހު ރޭންކިންގައި ކުރިއެރުން ލިބުނީ, ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ނެރުނު ނަތީޖާ ރަނގަަޅުވުމުންނެވެ. 

އެގޮތުން އޭރު ރޭންކިންގެ 190 ވަނައިގައި އޮތް ބްރޫނާއިއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން 0-3 އިން ކާމިޔާބު ކުރިއިރު، އޭރު ރޭންކިންގެ 183 ވަނައިގައި އޮތް ލާއޯސްއާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.

މިއާއެކު ރާއްޖެއަށް އޮކްޓޯބަރު މަހުގެ ރޭންކިންގައި ދެ ދަރަޖައިގެ ކުރިއެރުމެއް ލިބުނު ނަމަވެސް، މިއަދު އާންމުކުރި ރޭންކިންގައި އަނެއްކާވެސް ދެ ދަރަޖައިގެ ވެއްޓުމެއް ލިބުނީ، މި މަހު ކުޅުނު އެކުވެރިކަމުގެ ދެ މެޗުން ބަލިވިމުން ނެވެ. އެ ދެ މެޗަޖކީ މެލޭށިޔާ އާއީ ސިންގަޕޫރާއި ދެކޮޅަށް ކުޅުނު މެޗުތަކެވެ. ނަމަވެސް މި ދެ ތީމު ތެރެއިން ސިންގަޕޫރަކީ ރޭންކިންގައި 4 ދަރަޖަ ދަށުގައި އުޅޭ ގައުމެކެވެ، މިހާރު އެ ގައުމު އޮތޯ 160ވަނައިގައެވެ، އަދި މެލޭށިއާ އަކީ ރޭންކިންގައި ރާއްޖެ އަށް ވުރެ 8 ދަރަޖަ މަތީގައި އުޅޭ ގައުމެކެވެ، މެލޭށިޔާ މިހާރު ޮތހެެ ރޭންކިންގެ 145 ވަނައިގައެވެ.

މިއާއި އެކު ސާފް ސަރަހައްދުގައި ރާއްޖެއަށް ރޭންކިންގައި ލިބެނީ ދެ ވަނައެވެ. އެއްވަނަ ލިބެނީ އިންޑިއާ އަށެވެ. އިންޑިއާއަށް ދުނިޔޭގެ ރޭންކިންގައި ލިބެނީ 106 ވަނައެވެ. ސާފް ސަރަހައްދުގެ ތިންވަނަ ލިބެނީ ދުނިޔޭގެ ރޭންކިންގައި 175 ވަނަ ލިބޭ ނޭޕާލް އަށެވެ. ހަތަރު ވަނައިގައި އޮތް ބޫޓާނަށް ރޭންކިންގައި 185 ވަނަ ލިބޭއިރު މި ސަރަހައްދުގެ ފަސްވަނައިގައި އޮތް ބަންގްލަދޭޝްއަށް ރޭންކިންގައި ލިބެނީ 192 ވަނައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް