ads
އައިޖީއެމްއެޗުގެ ޑރ. އައިމިނަތު ރަމްޝާ
ޑޮކްޓަރު ރަމްޝާ ކެންސަރު ބަލީގައި ނިޔާވެއްޖެ
އައިޖީއެމްއެޗުގެ ޑރ. އައިމިނަތު ރަމްޝާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

ޑރ. ރަމްޝާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ވަނީ ދުވަސްތަކެއް ވެފައެވެ. ނިޔާވީ ބަލީގެ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ތައިލެންޑްގައެވެ.  

ރަމްޝާގެ މަންމަ ވެސް ދުނިޔެ ދޫކުރެއްވީ ކެންސަރު ބަލީގައެވެ. އެ ތަޖުރިބާތައް ހިއްސާކުރައްވަމުން އޭނާ ވަނީ ކެންސަރުގެ ބަލި މީހުންނަށް ހިތްވަރު ހޯއްދަވާދެއްވިއެވެ.

ކޮވިޑް-19ގައި  މުޅީ ދުނިޔެ ކަރަންޓީނުގައި އޮތް ދުވަސްވަރުވެ ޑރ ރަމްޝާ ކޮށްދެއްވި ހިދުމަތްތައް ފާހަގަކޮށްލަންޖެހެއެވެ. ކްލަބް ހައުސް މެދުވެރިކޮށް އޮންލައިންކޮށް އެތައް ބަޔަކަށް ޑރ ރަމްޝާ ވަނީ ފަރުވާ ދެއްވާފައެވެ. އަދި އެކިކަންކަމުގައި އިރުޝާދުތައްވެސް ވަނީ ދެއްވާފައެވެ. 

ޑޮކްޓަރެއްގެ އިތުރުން ޑރ. ރަމްޝާއަކީ ރާއްޖޭގައި އުފެދުނު އަންހެން މޮޅު ދުވުންތެރިންގެ ތެރެއިން ދުވުންތެރިއެކެވެ. އަދި ނެޓް ބޯޅަގައި ގައުމީ ފެންވަރުގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެއްވެސް މެއެވެ. ދުވުމުގައި 800 މީޓަރާއި 1500 މީޓަރުގައި ކާމިޔާބުތައް ހޯދި ރަމްޝާ ވަނީ ބޭރުގެ މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލްކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް