ads
ބީވީމާގެ މަންޒަރެއްގައި އާޝާ އަދި ޒިދާން…
ދިވެހި ފިލްމް ބީވީމާގެ ޓްރެއިލާ ރިލީޒް ކުރުން މާދަމާރޭ
ދިވެހި ފިލްމް ބީވީމާގެ ޓްރެއިލާ އަދި އޮފިޝަލް ޕޯސްޓަރު މާދަމާ ރޭ ރިލީޒް ކުރަން ތައްޔާރު ވެއްޖެއެވެ.
Advertisement

ޑާކްރެއިން އެންޓަޓެއިން މެންޓުން އުފައްދާ ފިލްމު ބީވީމާ އަކީ ލޯބީގެ ވަރަށް އަސަރުގަދަ ފިލްމެކެވެ، އެކަން އެ ފިލްމުގެ ހިޓްވެފައިވާ ޓީޒާއިންވެސް ދެނެގަނެވެއެވެ. އަދި އެޓީޒާގައި ވާ މިއުޒިކުގެ ރީތިކަމުން ފިލްމުގެ ރީތިކަމާއި މެދުގައި ދިވެހި ފިލް ފޭނުން އަންނަނީ މި ފިލްމުގެ ޓްރެއިލާ އަށްވެސް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.

ޓީޒާއިން ފެނިގެންދާ ތަރިންގެ ތެރޭގައި ހިމެނޭ ހަތަރު މެއިން ތަރިންގެ ތެރެއިން ކޮޕީ އިއްސެގެ މޫނުމަތީގެ އެކްސްޕްރެޝަންސް އަށް ބަލާލާފައި މިއީ އެހެންޏާ ކޮޕީ އިއްސެ ފެނިގެން ގޮއްސައި ނުވާ ކެރެކްޓާ އެއްކަން ހާމަވެއެވެ.

ނަމަވެސް ދެން ފެނިގެންދާ ތަރިންގެ އެކްޓިން އާއިމެދު އެޗެއް ބުނެވޭ ވަރަށް ވުރެ ފެނިފައިވާ މިންވަރު ކުޑައެވެ. ނަމަވެސް ސަޕްރައިޒް އަކަށް ފުދެއެވެ، އިއްސެ އާއެކީ ފެނިގެންދާ ބަތަލާ އަކީ ރާއްޖޭގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ލަވަ ކިޔުންތެރިޔާއެވެ، އެއީ މަރިޔަމް އަޝްފާ އެވެ.

އެންމެ ފަހުން އޭނާ ކިޔާފައިވާ ހުރިހާ ލަވައެއްހެން ވަނީ ހިޓްވެފައެވެ. ޑާކްރެއިން ގެ ގޮށްރާޅު ފިލްމުން ތާރަފުވި އަދި މިހާރު އެމެ މަޝްހޫރު ފިލްމީ ތަރި އައިމިނަތު ރަޝްފާ " އާޝާ" އަދި އާނަންދު އެކްޓްކޮށް އަޝްފާ އަދި ޝަލަބީ ކިޔާފައިވާ "ޝިކާރަ" މި ލަވަ އަކީ ފާހަގަ ކޮށްލަން ޖެހޭ ލަވައެވެ. ޓީޒާ އިން އާޝާ ވެސް ފެނިގެން ދެއެވެ، މީގެ އިތުރުން ދެން ފެނިގެންދަނީ އާދަމް ޒިދާން އެވެ. އެއީ މުޅިން އަލަށް ތާރަފުވާ ތަރިއެކެ.

މިފިލްމުގެ ޓްރެއިލާ މާދަމާރޭ 8:30 ގެ ފަހުން ޑާކްރެއިންގެ ޔޫޓިއުބް ޗެނަލް އިން އަދި ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރެވިގެން ދާނެކަމަށް ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފަރާތުން އެކުންފުނީގެ ވެރިޔާ މުހަންމަދު އަލީ"މޮގާ" ވަނީ ސީއެންއެމްއަށް ކަށަވަރު ކޮށްދެއްވާފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް