ads
ރައީސް މާލެ ވަޑައިގެންނެވުން
ރައީސް އެނބުރި މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގއ. ދާންދޫ އަށެވެ. އެއަށްފަހު، ގއ. ނިލަންދޫއަށާއި، ގއ. މާމެންދޫއަށް އެމަނިކުފާނު ވަނީ ވަޑައިގަންނަވާފައެވެ.

ހުވަދުއަތޮޅު އުތުރުބުރިއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގއ. ދާންދޫގެ ބިންހިއްކުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މި މަޝްރޫޢުގެ ދަށުން ގއ. ދާންދޫގައި ސަރުކާރުން ވަނީ 957,000 މީޓަރުގެ ބިން ހިއްކައި، 848 މީޓަރުގެ ސަރަޙައްދެއްގެ ރިވެޓްމެންޓް ޖަހާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގއ. ނިލަންދޫއާއި، ގއ. މާމެންދޫގައި އަލަށް އިމާރާތްކުރެވުނު ދެ އިންޖީނުގެ ހުޅުއްވައިދެއްވާފައެވެ. ގއ. ނިލަންދޫގައި އަލަށް ހުޅުވި އިންޖީނުގޭގައި 1050 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ބަހައްޓާފައިވާއިރު، ގއ. މާމެންދޫގައި އަލަށް ހުޅުވި އިންޖީނުގޭގައި 1400 ކިލޯ ވޮޓްގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ވަނީ ބަހައްޓާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް