ads
އަނބި މީހާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެދުވަހު ހައްޔަރުކުރި ނަމަވެސް، ކުށް ސާބިތުނުވަނީސް އޭނާ އަމިއްލައަށް ވަނީ މަރުވެފައެވެ
ނިޝާމާގެ ޕޯސްޓްމޯޓަމް ރިޕޯޓް: މަރާލީ ކަރުގައި އެއްޗެއް އަޅައި ހާސްކޮށްލައިގެން
ހދ. ނޮޅިވަރަން ނިޝާމާ މުހައްމަދު މަރާލީ ކަރުގައި އެއްޗެއް އޮޅައި، ނޭވާ ހާސްކޮށްލައިގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއްޖެ އެވެ.
Advertisement

ނިޝާމާގެ ޕޯސްޓް މޯޓަމްގެ ވަގުތީ ރިޕޯޓު މިހާރު ވަނީ ލިބިފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުން އެ ރިޕޯޓުން ދައްކަނީ ނިޝާމާ މަރާލީ ކަމަށެވެ.

”ރިޕޯޓުގައި ވާގޮތުން ނިޝާމާ މަރާލާފައިވަނީ، ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްލައިގެން،“ ފުލުހުން ބުންޏެވެ.

އިތުރު ތަފްސީލެއް ނުވަތަ އިތުރު އަނިޔާއެއް ދީފައިވާކަން ވެސް ފުލުހުން ފާހަގައެއް ނުކުރެ އެވެ.  

އުމުރުން 28 އަހަރުގެ ނިޝާމާ އޭނާގެ ކޮޓަރިތެރެއިން މަރުވެފައި އޮއްވާ ފެނުނުތާ 12 ދުވަސް ފަހުން ޕޯސްޓުމޯޓަމް ހަދަން ބޭރަށް ފޮނުވީ، އޭނާގެ ގާތިލު ކަމަށް ތުހުމަތުކުރާ އޭނާގެ ފިރިމީހާ އަމިއްލައަށް މަރުވި ފަހުން ނެވެ.  

ތިން ކުދިންގެ މަންމަ ނިޝާމާގެ މަރުގެ ތުހުމަތު ކުރެވެނީ އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް އަށެވެ. އުމުރުން 32 އަހަރުގެ ފައިސަލް ދަންޖެހުނީ އޭނާ ހައްޔަރުކޮށްފައި ހުރި ގޮޅިތެރޭ މިމަހުގެ 12 ވަނަ ދުވަހު އެވެ. އޭނާ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާތާ، ހަތް ދުވަސް ފަހުން ކްރިޓިކަލް ހާލަތުގައި ވެންޓިލޭޓަރުގައި އޮވެ ވަނީ މަރުވެފައެވެ. 

ޕޯސްޓްމޯޓަމަށް ފަހު، ނިޝާމާގެ ހަށިގަނޑު މާލެ ގެނެސް މިރޭ ވަނީ ވަޅުލާފަ އެވެ. ތިން ކުދިންގެ މަންމަ ނިޝާމާ މަރުވެފައި އޮއްވާ ފެނުނު ދުވަހު، ކުޅުދުއްފުށީގައި ހުންނަ ފުލުހުންގެ އިދާރާއަށް ފައިސަލް ދިޔައީ އަމިއްލައަށެވެ. ”ސީއެންއެމް“ އަށް އެގިފައިވާގޮތުގައި، އެދުވަހު ފައިސަލް ފުލުހުންގެ އިދާރާއަށް ދިޔައީ ނިޝާމާ މަރުވި ހަބަރު ލިބުމުގެ ކުރިން ނެވެ. އަދި، ފުލުހުންގެ އިދާރާއަށް ގޮސް، ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭކަމަށް ބުނެ ވާހަކަދައްކާފަައި ވެއެވެ. 

ނިޝާމާގެ މަރުގެ ހަބަރު އެ ސްޓޭޝަނަށް ލިބުނީ އޭގެ ފަހުން ނެެވެ. އަދި ފައިސަލް ދެއްކި ވާހަކަތަކާއި އޭގެފަހުން ކުރެވުނު ސުވާލުތަކަށްފަހު، މަރާއި ގުޅިގެން ޝައްކުކުރެވޭތީ އޭނާ ހަމަ އެދުވަހު ފުލުހުންގެ ބަންދަށް ނެގި އެވެ. 

ސީއެންއެމް އަށް އެރަށު ކައުންސިލުން އެދުވަހު މައުލޫމާތު ދިންގޮތުގައި، އަންހެންމީހާ މަރުވެފައި އޮއްވާ ފެނުނީ، އޭނާގެ ކޮޓަރި ނުހުޅުވައިގެން ބެލިބެލުމުން ނެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް