ads
އުރީދޫ ފަން ރަން: މަޖާ މާހައުލެއްގައި 5،000 އަށް ވުރެ ގިނަ ދުވުންތެރިން
މަޖާ މާހައުލެއްގައި އެކި އުމުރުފުރައިގެ 5،000 އަށް ވުރެ ގިނަ ދުވުންތެރިންނާ އެކު "އުރީދޫ ފަން ރަން" ބާއްވައިފިއެވެ.
Advertisement

"އުރީދޫ ކަލަ ރަން" ގެ ނަމުގައި ބާއްވަމުން އައި ދުވުން "އުރީދޫ ފަން ރަން" އަށް ބަދަލު ކުރުމަށް ފަހު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގަ އެވެ. މި ދުވުން ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ހާލިދު އަލް ހަމާދީ ގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ފަން ރަން ގެ ދުވުންތެރިންނާ އެކު ނެންގެވި ސެލްފީއަކުންނެވެ.

your image "އުރީދޫ ފަން ރަން" ގެ ތެރެއިން. ފޮޓޯ:އުރީދޫ މޯލްޑިވްސް

"އުރީދޫ ފަން ރަން އަކީ 2022 ވަނަ އަހަރަށް ވަރަށް ފުރިހަމަ ނިމުމެއް. ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ފަން ރަން އަކީ އަހަރު ނިމުމަކަށް ގެނެސް، އަޅުގަނޑުމެންގެ މުޖުތަމައުތަކާ އެކު މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ބާއްވާ ދުވުމެއް. މިއަހަރުގެ ދުވުމަކީ ޕެންޑެމިކަށް ފަހު، އުރީދޫ މޯލްޑިވްސް އިން ބޭއްވި ފުރަތަމަ ފިޒިކަލް ރަން ކަމަށް ވީއިރު، ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބާއި ފެނުނު އުފާވެރިކަމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

"އުރީދޫ ފަން ރަން" ގެ އަމާޒެއް ކަމުގައި ހަދާފައިވަނީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. މިއީ އާ އަދި ތަޖުރިބާކާރު ދުވުންތެރިންނަށް ވެސް މަޖާ "ފައިވް-ކޭ" އެއް ގެ ގޮތުގައި ބައިވެރިވުމަށް މަރުހަބާ ކިޔާ ހަރަކާތެކެވެ. ފަސް ކިލޯމީޓަރުގެ މި ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ދުވުމުން ކުލަ ޖަހާ ތަފާތު ފަން ސްޓޭޝަންތަކުގެ އިތުރުން އިންފްލޭޓަބަލް އޮބްސްޓެކްލްސްތަކާ އެކު ދުވުން ނިންމާލައިފައިވަނީ ވޯޓާ ފައުންޓެއިނަކާއި ފޯމް ޕާޓީއަކުންނެވެ.

your image"އުރީދޫ ފަން ރަން" ގެ ތެރެއިން. ފޮޓޯ:އުރީދޫ މޯލްޑިވްސް

މި ފެށޭ އަހަރު އުރީދޫ ފަން ރަންގެ ދެ ވަނަ އެޑިޝަން ބާއްވާނެ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި މި ދުވުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކޮށް، މި މަޖާ ހަރަކާތުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން އުރީދޫން ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް