
ޕީޕީއެމްގެ ކުރީގެ މުޒާހަރާއެއްގެ ތެރެއިން
ޔާމީން ޖަލަށްލައިފިނަމަ ޕީޕީއެމުން މުޒާހަރާއަށް ނުކުންނަނީ
25 ޑިސެމްބަރ 2022 - 08:42:44
ކުރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ރައީސް ޔާމީންގެ ޝަރީއަތުގައި އެ މަނިކުފާނުގެ މައްޗަށް ކުށެއް ސާބިތުވެ ޖަލަށް ލާން ހުކުމްކޮށްފިނަމަ މުޒާހަރާއަށް ނުކުންނަން އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ނިންމައިފި ކަމަށް ހަބަރު ލިބިއްޖެ އެވެ.
ޔާމީންގެ މައްޗަށް ހިނގަމުންދާ ދެ މައްސަލައެއްގެ ހުކުމް ކުރުން މިއަދު އޮންނާނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ނިންމާފައިވަނީ މެދު ނުކެނޑި މާލޭގައި މުޒާހަރާ ކުރާށެވެ. މިކަން ނިންމާފައިވަނީ އިއްޔެ އޮތް ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް ޕީޕީއެމުން ރަސްމީކޮށް މި ކަމުގައި އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލަ ނިމޭ އިރު ޖަލު ހުކުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިޔަސް ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ޓިކެޓާ އެންމެން ހިފައިނުގަތުމަށް ރައީސް އަބްދުﷲ ޔާމީން، އެ ޕާޓީގެ ލީޑަޝިޕް މެންބަރުންގެ އަރިހުން މީގެ ކުރިން އެދިވަޑައިގެންފައިވެ އެވެ.
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް