ads
މާލެ ސިޓީ ކައުންސިލުން 1443 ވަނަ އަހަރު ބޭއްވުނު މަދަހަ މުބާރާތުގެ އިނާމް ދިނުމުގެ ހަފްލާގެ ތެރެއިން
މާލެ ސިޓީ ކައުންސިލުން ރޯދަމަހަށް ހާއްސަ މަދަހަ މުބާރާތެއް ބާއްވަނީ
ކުރިއަށް އޮތް ރޯދަމަހު މާލެ ސިޓީ ކައުންސިލުން މަދަހަ މުބާރާތެއް ބާއްވަން ނިންމާ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"މާލޭ ސިޓީ ކައުންސިލް މަދަހަ މުބާރާތް 1444" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ޖުމުލަ ހަ އުމުރުފުރާއަކުން ބައިވެރިވެވޭނެ ކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ.  

އެއީ ހަ އަހަރުންދަށާއި، ނުވަ އަހަރުންދަށާއި އެގާރަ އަހަރުންދަށާއި، ތޭރަ އަހަރުންދަށާއި ސޯޅަ އަހަރުންދަށާއި ނަވާރަ އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެ ކައުންސިލުން ބުނީ، މި މުބާރާތުގެ ހަ އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް އިނާމާއި ހަނދާނީ ލިޔުން ދެވޭނެ ކަމަށާއި، އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ފަސް ދަރިވަރުން ހޮވާނެ ކަމަށެވެ. އަދި މިއިން ކޮންމެ އުމުރުފުރައަކުން އެއް ވަނަ، ދެ ވަނަ، ތިން ވަނަ އަށް އަންނަ ދަރިވަރަކު ހޮވާނެ ކަމަށެވެ.

މި މުބާރާތަށް އަލަށް ހުށަހަޅާ ޅެމާއި އަމިއްލަ ރާގުގެ ތެރޭން ވެސް އެންމެ މޮޅު ފަސް އުފެއްދުން ހޮވައި، އެއް ވަނަ، ދެ ވަނަ، ތިން ވަނަ ހޮވާނެ ކަމަށާއި، މި މުބާރާތުގެ ރެކޯޑިން ރަމަލާން މަސް ފެށުމުގެ ކުރިން ނިންމަން ހަމަޖެހިފައި ވާއިރު، މަދަހަ މުބާރާތް ފަށަން ތާވަލް ކުރެވިފައިވާ ތާރީހަކީ 25 ފެބްރުއަރީ 2023 ކަމަށް ކައުންސިލުން ބުނެ އެވެ. 

މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ؛

ކޮންމެ ގްރޫޕަކުން:

1 ވަނަ -/8000ރ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/6000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/4000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މުޅިމުބާރާތުން:

1 ވަނަ-/25000ރ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މުބާރާތުގެ ވަނަވަނައަށް އަންނަ ޅެމާއި އަމިއްލަ ރާގަށް ކަނޑައެޅިފައިވާ އިނާމުތަކަކީ؛

3 ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/3000ރ، ހަނދާނީ ލިޔުމާއި އިނާމު.

2 ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/4000ރ، ހަނދާނީ ލިޔުމާއި އިނާމު.

1 ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/5000ރ، ހަނދާނީ ލިޔުމާއި އިނާމު.

މި މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ 20 ޖަނަވަރީ 2023 އެވެ. މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. 

އެ ގޮތުން https://qm1444.malecity.gov.mv/ މި ލިންކުން ފޯމުފުރާލެއްވޭނެ ކަމަށާއި، މުބާރާތުގެ އުސޫލު މި ލިންކުން https://www.gazette.gov.mv/iulaan/221452 ޑައުންލޯޑުކުރެވޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

މީގެ އިތުރަށް ސިޓީ ކައުންސިލް އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިދާރާއިން ފޯމު ދޫކުރާނެ ކަމަށާއި، މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާވިސްގެ ތިން ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު އަނބުރާ 2:00 އަށް ބަލައިގަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް