ads
ސުޝާންތު ސިންހު ރާޖުޕުތު
ސުޝާންތު މަރުވިތާ ދެ އަހަރު ފަހުން އޭނާގެ މަރުގެ ހަގީގަތް ފަޅާއަރުވާލައިފި
ބޮލީވުޑްގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދި ސުޝާންތް ސިން މަރުވެފައިވާ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެނުނު ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ސުޝާންތުގެ ހަށިގަނޑު ގެންދިޔަ ހޮސްޕިޓަލުގެ މުވައްޒަފަކު ބުނެފިއެވެ.
Advertisement

މިއީ މީގެ ދެ އަހަރު ކުރިން މަރުވި ސުޝާންތުގެ މަރާއި ގުޅޭގޮތުން ހޮސްޕިޓަލުގެ މުވައްޒަފަކު ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. 

އޭންއޭއައި ނިއުސް އަށް ދިން އިންޓަވިއުއެއްގައި، ކޫޕާ ހޮސްޕިޓަލްގެ މޯޗަރީގައި މަސައްކަތް ކުރާ ރޫޕްކުމާރް ޝާހް ބުނީ ޝުޝާންތުގެ ގައިގައި އަނިޔާގެ ނިޝާންތައް ހުރި ކަމަށެވެ. އަދި އޭނާ ދަންޖެހުނު ކަމުގެ ނިޝާނެއް ހަށިގަނޑުގައި ފެންނަން ނެތް ކަމަށެވެ. 

"އަޅުގަނޑު މޯޗަރީގައި މަސައްކަތްކުރާތާ 28 އަހަރު މިވީ. ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުރި. އަމިއްލަ އަށް މަރުވީއެއް ނޫން. ބަޔަކު ހިންގި ޖަރީމާއެއް،" ރޫޕްކުރާމު ބުންޏެވެ.

އޭނާ ބުނީ އަނިޔާގެ ނިޝާންތައް ފެނުމުން އޭނާގެ އިސްވެރިންނަށް އެ މައުލޫމާތު އެންގިކަމަށެވެ. ނަމަވެސް އެކަމާ ފަހުން ޖަވާބު ދޭނަކަމަށް ބުނެ ފަހުން އަޅާނުލާ ކަމަށް ވެސް އޭނާ ބުންޏެވެ. 

"ފުލުހުން އެހިއަސް ބުނާނަން މިހެން. ފުލުހުންނަށް ވެސް މައުލޫމާތު ދޭން ތައްޔާރު. ޕޯސްޓު މޯޓަމް ރިޕޯޓުގައި ލިޔާނީ ޑޮކްޓަރު ބޭނުން އެއްޗެއް. ސުޝާންތައް އިންސާފު ލިބެންޖެހޭނެ" އޭނާ ބުންޏެވެ.

ޕޯސްޓު މޯޓަން ރިޕޯޓުގައި ބުނެފައިވަނީ ސުޝާންތު މަރުވީ އަމިއްލައަށް ކަމަށެވެ. 

ދެހާސް ވިހި ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މުޅި ބޮލީވުޑް ސިއްސުވާލީ މަޝްހޫރު އެކްޓަރު ސުޝާންތު ސިން ރާޖްޕޫތު މުމްބާއީގައި އޭނާ ދިރިއުޅޭ އެޕާޓު މަންޓުގައި ދަންޖެހިފަ ހުއްޓާ ފެނުނު ހަބަރާއެކުއެވެ. 

އެޕާޓުމެންޓުގައި ސުޝާންތު ދަންޖެހިފަ ހުއްޓާ ފެނުމުން ފުލުހުން އެންމެ ފުރަތަމަ ބުނީ މިއީ ސުސައިޑް (އަމިއްލައަށް މަރުވުމުގެ) ކޭހެއް ކަމަށެވެ. އެހެން ނަމަވެސް ސުޝާންތުގެ އާއިލާގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބުނަނީ މި މައްސަލަ އަކީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.

އާއްމުންނާއި އާއިލާއިން ދަނީ މިކަމާއި ގުޅިގެން ތުހުމަތުގެ އިނގިލި އެކި ފަރާތްތަކަށް ދިއްކުރަމުންނެވެ. މި މައްސަލާގައި ތުހުމަތުގެ އިނގިލި އެންމެ ބޮޑަށް ދިއްކޮށްފައިވަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރްބަތީއަށެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް ދޮގު ކުރެ އެވެ.

ޝުޝާންތުގެ މަރުގެ ވާހަކަ އަނެއްކާވެސް ފެންމަތިވެފައިމިވަނީ، ބޮލީވުޑްގެ ތަރި އެކްޓުކުރާ ތޫނީޝާ ޝަރުމާ، 20 ދަންޖެހި މަރުވެފައި ހުއްޓައި ފެނުމާ ގުޅިގެންނެެވެ.  

ތޫނީޝާ ވެސް އަމިއްލަ އަށް މަރުވީތޯ ނުވަތަ މަރާލީތޯ ތަހުގީގު ކުރުމުގެ މަސައްކަތް އިންޑިއާ ފުލުހުން ގެންދަނީ ކުރަމުންނެވެ. މި މައްސަލައިގައި ވެސް ތޫނީޝާގެ ލޯބިވެރިޔާ ޝީޒަން ހާން ވަނީ ހައްޔަރުކޮށްފައެވެ. 

30%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް