ads
ރަޝިއާ އީގަލް އެއާބޭސްގެ މަންޒަރެއް
ޔުކްރައިން އިން ރަޝިއާ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި
ރަޝިއާއި ޔުކްރެއިން ކުރަމުންދާ ހަނގުރާމާގައި ޔުކްރެއިން ސިފައިން ރަޝިއާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފިއެވެ. ރަޝިއާގެ އަސްކަރީ އޮފިޝަލަކު ވިދާޅުވީ ޔުކްރެއިނުން ހަމަލާދީފައިވަނީ ރަޝިއާގެ އީގަލް އެއާބޭސްއަށް ކަމުގައެވެ. ޔުކްރެއިންގެ އިތުރުން އެޤައުމާއި 650 ކިލޯ މީޓަރު ދުރުގައި އޮންނަ މި ވައިގެ މަރުކަޒަށް ހަމަލާދީފައިވަނީ ޑްރޯންއެއް ބޭނުންކޮށްގެންނެވެ. ރަޝިއާއިން ބުނީ ޑްރޯން އޭގެ އަމާޒަށް ވާސިލްވުމުގެ ކުރިން ރަޝިއާ ސިފައިން ޑްރޯނަށް ހަމަލާދީފައިވާ ކަމުގައެވެ. ނަމަވެސް ޑްރޯން ވެއްޓުނީ އަސްކަރީ މަރުކަޒަށް ކަމަށާއި އެހާދިސާގައި ރަޝިއާ އަސްކަރިއްޔާގެ ތިން މީހަކު މަރުވެފައިވާކަމަށް ރަޝިއާއިން ބުނެއެވެ. އީގަލް އެއާބޭސްއަށް މިމަހުގެ ކުރީކޮޅުވެސް ޔުކްރެއިނުން ވަނީ ހަމަލާދީފައެވެ. މިދިޔަ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔުކްރެއިނަށް ހަމަލާދޭން ފެށިފަހުން މިހާތަނަށް ޔުކްރެއިނަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް