
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިފައިވަނީ، އަލް ސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ދިޔަ އުމުރުން 65 އަހަރުގެ އާދަމް ނަސީރު ނަމަކަށް ކިޔާ މީހެކެވެ.
އޭނާ ގެއްލިގެން ހޯދަން ފެށީ، އިއްޔެގެ އަސުރު ނަމާދަށް ފަހު ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ، މައްކާގައި މަޑުކުރި ހޮޓަލުން ބޭރަށް ދިއުމަށްފަހު އެނބުރި ނައުމުންނެވެ. އޭނާ އަކީ ލޮލުގެ ފެނުން ބަލިކަށި މީހެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި ކަމުގެ މައުލޫމާތު އެނގޭ މީހަކު "ސީއެންއެމް" އަށް މައުލޫމާތު ދެމުން މިއަދު ބުނީ، އާދަމް ނަސީރު އުމްރާ އަށް ދިޔައީ އިތުރު އެހީތެރިއަކާއި ނުލާ ހަމައެކަނި ހައްޖު ގުރޫޕުގެ ހަވާލުގައި ކަމަށެވެ. އަދި އޭނާ ގެއްލުމުން އެކަން ސައުދީގެ ކަމާއި ބެހޭ އިދާރާތަކަށް މިހާރު އަންގާފައި ވާކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.