ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ މިދިޔަމަހު ހުޅުވިއިރު މި ރެކޯޑަކީ އެ ރަންވޭގައި ހެދި ފުރަތަމަ ރެކޯޑެވެ.
އެމްއޭސީއެލް އިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 22 ވަނަ ދުވަހުު އެއާޕޯޓުގައި ޖުމްލަ 228 މޫވްމަންޓް ހަދާފައިވެ އެވެ. އެއީ 104 އިންޓަނޭޝަނަލް މޫވްމަންޓާއި 104 ޑޮމެސްޓިކް މޫވްމަންޓްގެ އިތުރުން 20 ޖެނެރަލް އޭވިއޭޝަން މޫވްމަންޓެވެ.
އެމްއޭސީއެލް މިއަދު އެބޭފުޅުންގެ ޓްވިޓާ ހޭންޑަލްގައި އާނމު ކޮށްފައިވާ މި ތަފާސް ހިސާބުގައި ބަޔާން ކޮށްފައިވާ ގޮތުގައި ކުރިން އެންމެ ގިނައިން ފްލައިޓް މޫވްމެންޓް ހަދާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ ފަސް ވަނަ ދުވަހު އެވެ. އެ ދުވަހު 811 ފްލައިޓް މޫވްމަންޓް ރެކޯޑު ކުރެވިފައިވެ އެވެ.