ads
މަރިޔަމް ޒައީމާ މޫސާ (މަރީ)
އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން ހާލުދެރަވެ، ނިޔާވި މަރީގެ ޖަނާޒާ މިއަދު
ނުބައި އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން ހާލު ދެރަވެ ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި އުމުރުން 31 އަހަރުގެ މަރިޔަމް ޒައީމާ މޫސާ (މަރީ)ގެ ޖަނާޒާ މިއަދުގެ އަސުރު ނަމާދަށްފަހު ބާއްވަން ނިންމައިފި އެވެ.
Advertisement

މަރީގެ ހާލު ދެރަވެ ފަރުވާ ހޯދަން ފެށީ، މިދިޔަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު ހޮސްޕިޓަލުގެ ކެންޓީނުން ގަތް ކްރީމް ޖެހި ބަނަހެއް ކެއުމުގެ ސަބަބުން އެލާޖިކް ވެގެން އައިޖީއެމްއެޗް އަށް ގެންދިއުމުން އެ ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުންނެވެ. 

މަރީގެ ކަށުނަމާދު މިއަދުގެ އަސުރު ނަމާދަށް ފަހު އާސަހަރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި ވާކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އަދި ވީހާވެސް ގިނަ ބަޔަކު މަރީގެ ކަށުނަމާދުގައި ބައިވެރިވުމަށް އާއިލާއިން ވަނީ އެދިފަ އެވެ.

މަރީ ހާލަތާއި ގުޅިގެން އައިޖީއެމްއެޗް އިން މީގެ ކުރިން މަރީގެ އާއިލަށް ފޮނުވި ސިޓީއެއްގައި، ނުބައިކޮށް އިންޖެކްޝަން ދެވުނުކަން ގަބޫލުކޮށް، އެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އަދި އެކަމަށް އެ ހޮސްޕިޓަލުން ވަނީ މާފަށްވެސް އެދިފަ އެވެ. 

މަރީ ނިޔާވެފައި ވަނީ، މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. 

"އިމަޖެންސީގައި މަރީއަށް ފަރުވާ ދިން އިރު، އެލާޖިކުވުމުން އާންމުކޮށް ދީ އުޅޭ އިންޖެކްޝަނެއް ކަމަށްވާ ހައިޑްރޯކޯޓިސޯން ދިނުމުން ވެސް އޭނާގެ ހާލު ރަނގަޅު ނުވި. އެހެންވެ ފަހުން ދިނީ އެލާޖިކުވުމުން ދޭ އެހެން އިންޖެކްޝަނެއް ކަމަށްވާ އެޑްރެނަލިން. ފުރާނާއަށް ނުރައްކާވާ ހާލަތްތަކުގައި އެޑްރެނަލިން ދޭން އޮންނަ އުސޫލަކީ މަސްގަނޑުގެ އެތެރެ އަށް އިންޖެކްޝަން ޖަހައި، ކަނޑައެޅިފައިވާ މިންވަރަކަށް ޑައިލިއުޓްކޮށްގެން، ސްލޯ އިންފިއުޝަނެއް ގޮތަށް އައިވީ ގުޅައިގެން. ނަމަވެސް އިންޖެކްޝަން ދީފައި ވަނީ މި އުސޫލާ ހިލާފަށް ކަމަށް ލިޔެކިޔުންތަކުން އެނގެން އެބަހުރި." މިދިޔަ އަހަރު ޖުލައި މަހު އާއިލާ އަށް ފޮނުވި ސިޓީގައި އައިޖީއެމްއެޗް އިން ބުނެފައިވެ އެވެ.

މަރީ ނިޔާވުމާއި ހަމައަށްވެސް މަރީ އޮތީ ހޭނާރާ އެވެ. އައިޖީއެމްއެޗް އިން އޭނާ ބެލުމަށްފަހު ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން އާއިލާއިން ވަނީ މަރީ އިންޑިއާ އަށްވެސް ގެންގޮސްފަ އެވެ. އެހެން ނަމަވެސް އިންޑިއާއިންވެސް މަރީ ބެލުމަށްފަހު ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން، މި އަހަރުގެ މޭ މަހު އޭނާގެ އާއިލާއިން ވަނީ މަރީ ރާއްޖެއަށް ގެނެސްފަ އެވެ.   

0%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
82%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް