މިރޭ އޮތް ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް އޮންނަ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގައި މި ހިދުމަތް ފެށުމަކީ އެ އަތޮޅުގެ 15،000 މީހުންނަށް ލިބޭނެ ބޮޑު ލުޔެކެވެ.
އެގޮތުން ޚިދުމަތް ހޯދުމަށް މަނަދޫގެ ނ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން މާލެއަށް ކުރަން ޖެހޭ ދަތުރުތައް ނިމުމަކަށް އަންނާނެ އެވެ.
ދަތާއި އަނގައިގެ ބަލިތަކަކީ ދިވެހިންގެ ތެރޭގައި އާންމު ބަލިތަކަކަށް ވުމުން ނ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ގާއިމު ކުރި މި ހިދުމަތަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށް މުހިއްމު ހިދުމަތެކެވެ.