މިގޮތުން މަޝްހޫރު ކޮމީޑިއަން ޢަބްދުﷲ އަލީ ނުވަތަ އާއްމުންގެ ތެރޭގައި މަޝްހޫރުވެފައިވާ ނަމުން ނަމަ "އިބްރާހީމްބެ" މަރުވީ މިމަހު 26 ވަނަ ދުވަހުއެވެ.
އިބްރާހީމްބެ މަރުވީ އައިޖީއެމްއެޗްގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އިބްރާހީމްބެ މަރުވިއިރު އުމުރަކީ 57 އަހަރެވެ.
އިބްރާހިމްބެ މަރުވިތާ ދެ ދުވަހުގެ ތެރޭގައި، އިއްޔެ ކުރީގެ މަޝްހޫރު ކޮމޭޑިއަން މާކަރީ އަލީ މޫސާ (ކުޑަ ދޮން މަނިކު) މި ވަނީ ވަނީ މަރުވެފައެވެ. ކުޑަ ދޮންމަނިކު މަރުވިއިރު އުމުރަކީ 74 އަހަރެވެ. އޭނާ މަރުވީ ހދ. ކުޅުދުއްފުށީގައެވެ.
ކުޑަ ދޮންބެ
ޔޫސޭގެ ދިރިއުޅުމަކީ މިއީ ކޮމިޑީ ސީރީސްއިން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ އިބްރާހީމްބެއަކީ ދިވެހިންގެ މެދުގައި ވަރަށް މަޝްހޫރު ކޮމީޑިއަންއެކެވެ. ކުޑަ ދޮން މަނިކަކީ 'ބަހަބަރު' ފަދަ ކޮމެޑީތަކުން ފެނުނު ކުރީގެ މަޖާ ކެރެކްޓަރެކެވެ.