ads
ކަންގަނާ ރަނައުތް
ދެ އަންބަށް މީހުނާ އިނުން ހުއްޓުވާ ދިނުމަށް މޯދީ އަރިހުން ކަންގަނާ އެދިއްޖެ
ފިލްމު ސެޓުގައި ދަންޖެހިފައި ހުއްޓާ ފެނުނު ތޫނީޝާ ޝަރުމާ ވަނީ މަރާލާފައިކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނައުތު ތުހުމަތުކޮށް، މި މައްސަލައިގައި ފިޔަވަޅެއްގެ ގޮތުން ދެ އަންބަށް މީހުނާ އިނުން ހުއްޓުވައި ދިނުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަރިހުގައި އެދިއްޖެއެވެ.
Advertisement

ތޫނީޝާ، 20 މަރުވެފައި ހުއްޓާ ފެނުނީ ހޮނިހިރު ދުވަހުގެ ރޭ ފިލްމެއް ކުޅުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. އޭނާ މަރުވެފައި ހުރީ އޭނާގެ ކުރީގެ ލޯބިވެރިއާ ޝީޒަން އަށް ހާއްސަކޮށްފައި ހުރި ކޮޓަރީގެ ފާހާނަ ތެރޭގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އޭނާ ކުޅުނު ފިލްމުގެ ބަތޮލު ރޯލު ކުޅެނީ ވެސް ޝީޒަން އެވެ. އެ ދެމީހުން ރުޅިވިތާ އަދި ވާނީ 15 ވަރަކަށް ދުވަސް ކަމަށް އާއިލާއިން ބުނެއެވެ. 

މި މައްސަލައިގައި ވާހަކަ ދައްކަމުން ކަންގަނާ ބުނީ ފިރިހެނެއްގެ އަނިޔާވެރިކަމުގެ ސަބަބުން އަންހެނަކު މަރުވާނަމަ އޭނާ އެކަން ކުރަނީ އަމިއްލައަށް ނޫންކަމަށެވެ. 

"އެއީހަމަ ގަތުލުކުރުން. މި މައްސަލައިގައި އަވަސް ފިޔަވަޅު އެޅުމަށް އިންޑިއާގެ ބޮޑު ވަރީޒު ނަރެންދުރަ މޯޑީއަށް އަހަރެން ގޮވާލަން، ދެ އަންބަށް މީހުންނާ އިނުމާ ޖަޒުބާތީ ގޮތުން މަކަރު ހެދުން ހުއްޓުވަން ޖެހޭ" ކަންގަނާ ބުނެފައިވެއެވެ.

ބެލެވޭ ގޮތުގައި ތޫނީޝާ އާއި ޝީޒަން ރުޅިވީ ދެ އަންބިން ގެން ގުޅުމަށް ސީޒަން އެދުމުންނެވެ. 

ތޫނީޝާ މަރުވުމާއެކު އާއިލާގެ ފަރާތުން ޝީޒަންގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު މިހާރު ވަނީ ޝީޒަން ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނެފައިވަނީ ތޫނީޝާ މަރުވީ އަމިއްލަތޯ ނުވަތަ މަރައިލީތޯ ވެސް ބަލަމުން ގެންދާކަމުގައެވެ. މި މައްސަލައިގައި ސީޝަން ރިމާނޑު ޖަލެއްގައި ބަންދު ކުރުމަށް ކޯޓުން ވަނީ އަންގާފައެވެ. 

ބައެއް ރިޕޯޓުތައް ބުނާގޮތުން ތޫނީޝާ ބަނޑުވެސް ބޮޑެވެ. ނަމަވެސް ފުލުހުން ބުނަނީ އެއްވެސް ކޮމެންޓެއް ކުރަން އެނގޭނީ ޕޯސްޓު މޯޓަމް ރިޕޯޓު ލިބުމުން ކަމަށެވެ. 

ޓުނީޝާ ވަނީ އޭނާ ކުޑައިރު ވެސް އިންޑިއާގެ ބައެއް ފިލްމުތަކުން ފެނިފައެވެ. ކެޓްރީނާ ކައިފް ކުޑައިރުގެ ރޯލުވެސް ކުޅެފައިވަނީ ޓުނީޝާއެވެ. 

ޓުނީޝާ އެންމެ ފުރަތަމަ އެކްޓު ކޮށްފައިވަނީ ސޮނީ އިން ގެނެސްދިން ޓީވީ ޝޯ 'ބަހާރަތް ކާ ވީރު ޕުޓްރާ - މަހާރަނާ ޕްރަޓަޕް' ގައެވެ. އޭގައި ކުޅެފައިވާ ރޯލަކީ ޗަންޑު ކަންވާ ކިޔާ ކެރެކްޓަރެއްގެ ރޯލެވެ.

އޭނާ އެކްޓުކޮށްފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި، 'ފިތޫރު' ، 'ބާރު ބާރު ދޭކޯ' ، 'ކަހާނީ 2' އަދި 'ދަބަންގް 3' ފާހަގަކޮށްލެވެއެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް