1. ލާލް ސިންގް ޗައްދާ ބޮއިކޮޓް ކުރުން
އާމިރު ހާން އާއި ކަރީނާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމު ލާލް ސިންގް ޗައްދާ، ފިލްމު ރިލީޒް ކުރުމުގެ ކުރިން ވެސް ފިލްމު “ބޮއިކޮޓް” ކުރުމުގެ ޓްރެންޑެއް އޮތެވެ. އާމިރު ހާންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އިންޑިއާ ސިފައިންނަށް ފުރައްސާރަކޮށް އެމީހުންގެ އިހުސާސްތަކަށް އަނިޔާ ދިނުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން ހިންދޫ ދީނުގެ މީހުން ވެސް ވަނީ އުއްތަރަ ޕްރަދޭޝްގައި ފިލްމާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އެމީހުން ޑިމާންޑް ކުރީ ލާލް ސިންގް ޗައްދާ މުޅި ގައުމުގައި މަނާކުރުމަށެވެ. އެއީ އެކްޓަރު އެމީހުންގެ ދީނީ ޝުއޫރުތަކަށް ފުރައްސާރަކުރި ކަމަށް ބުނެ އެވެ.
މި ފިލްމުގެ މައްސަލައިގައި އާމިރު ހާންގެ އަންހެނުން ވަނީ ދަރިންނާއެކު އިންޑިއާ ދޫކޮށް ދާން ވެސް ނިންމާފައެވެ. އަދި ބޮކްސް އޮފީހުގައި ވެސް ފިލްމު ވަނީ ވަރަށް ދަށަށް ވެއްޓިފައެވެ.
2. ދަ ކަޝްމީރު ފައިލްސް (ޓީކޭއެފް)
ވިވެކް އަގްނިހޮޓްރީ ޑައިރެކްޓްކުރި މި ފިލްމު ސުރުހީ ތަކަށް އަރާފައިވަނީ އައިއެފްއެފްއައި ގެ ޖޫރީގެ ޗެއާމަންގެ މަގާމު އަދާކުރެއްވި އިސްރާއީލުގެ ޑައިރެކްޓަރު ނަދާވް ލަޕިޑް ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި އެ ފިލްމަކީ "ޕްރޮޕެގެންޑާ" ފަތުރާ ފިލްމެއް ކަމަށް ވިދާޅުވުމުންނެވެ.
"އަހަރެމެން އެންމެން ވެސް ހާސްވެ ސިހުމެއް ލިބުނީ 15 ވަނަ ފިލްމު (ޓީކޭއެފް) އިން.“އެއީ ޕްރޮޕެގެންޑާ، ވަލްގާ ފިލްމެއް ކަހަލަ އިހުސާސެއް، ގެނެސްދޭ ފިލްމެއް. މިފަދަ މަޝްހޫރު ފިލްމީ ފެސްޓިވަލެއްގެ ފަންނުވެރިކަމުގެ ގޮތުން ވާދަވެރި ބަޔަށް ނުގުޅޭ ފިލްމެއްހެން.”ގޯއާގައި ބޭއްވި އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާ ނިންމުމުގެ ރަސްމިއްޔާތުގައި ނަދާވް ވިދާޅުވިއެވެ.
އޭގެ ފަހުން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔާފައިވާއިރު، އޭގެ ތެރޭގައި ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ވަނީ ފިލްމު "ޕްރޮޕަގެންޑާ އަށް ވާ ގޮތް" ދައްކާލުމަށް އެދި ނަދާވްއަށް ގޮންޖަހާފައެވެ.
3. ރަންވީރު ސިންގްގެ ފޮޓޯޝޫޓް
ރަންވީރު ސިންގް ވަނީ ޕޭޕާ މެގަޒިން އަށް ނެރުނު ބަރަހަނާ ފޮޓޯޝޫޓާއެކު ވަރަށް ބޮޑުޑަށް ހޫނުފެނަށް ވެއްޓިފައެވެ.
އޭނާގެ ބަރަހަނާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ދިޔައެވެ. އޭނާއާ ދެކޮޅަށް އެފްއައިއާރު އަށް މައްސަލަ ހުށަހެޅީ "ފާޙިޝް ކޮންޓެންޓް" ހިއްސާކުރުމާއި "އަންހެނުންގެ ހައްގުތަކަށް ފުރައްސާރަކުރާ" ކަމަށް ބުނެ އެވެ.
އެ ފޮޓޯޝޫޓުގައި ރަންވީރު ސިންގް ހުރީ ބަރަހަނާކޮށް ރަގް މަތީގައި އޮށޯވެލައިގެންނެވެ.
4. ޖެކްލީން ފަރްނާންޑޭޒް އާއި ސުކޭޝް ޗަންދްރަޝެކަރުގެ މައްސަލަ
2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ދިއްލީ ކޯޓުގައި ސުކޭޝް ޗަންދްރަޝެކަރް ނަމަކަށް ކިޔާ މީހަކު 200 ކަރޯޑު ރުޕީޒް (373 މިލިއަން ރުފިޔާ) ގެ ފައިސާގެ މަނީ ލޯންޑަރިންގެ މައްސަ ވަނީ ބޮލީވުޑްގެ ތަރި ޖެކްލީން ފަރްނާންޑޭޒް ގުޅިފައެވެ. އޭނާގެ މައްޗަށް ވަނީ ސަޕްލިމެންޓަރީ ޗާޖު ޝީޓެއް ހުށަހަޅާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޖެކްލީން އާއި ގުޅުން އޮތްއިރު އޭނާ އޭނާއަށް އަގުބޮޑު ހަދިޔާތަކެއް ދީފައިވެ އެވެ.
ކޮން އާޓިސްޓް ސުކޭޝް މިހާރު ޖަލުގައި ހުރިއިރު، ފަރްނާންޑޭޒް ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. މި މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
5. ބޭޝަރަމް ރަންގު ލަވައިގެ މައްސަލަ
އަންނަ އަހަރު ޖެނުއަރީގައި ނެރުމަށް ތައްޔާރުވަމުން އަންނަ ފިލްމު 'ޕަތާން' ގައި ޝާހުރުކް ހާން އާއި ދިޕިކާ ޕަދުކޯން އެކްޓުކޮށްފައިވާއިރު، މި ދެ ތަރިންގެ މައްސަލައެއް ވަނީ އިންޑިއާގެ ސުޕްރީމް ކޯޓަށް ވައްދާފައެވެ. އެއީ އެމީހުންގެ ފިލްމުގެ ޕްރޮމޯޝަނަށް ނެރުނު ލަވައިގައި 'ސެފްރަން' ކުލައިގެ ނިވާކަން ކުޑަ ހެދުމެއް ލައިގެން ދިޕިކާ ނަށާތީ އެވެ. އެ މައްސަލައިގައި އިންޑިއާގެ ހިންދޫ ދީނުގެ އިސްވެރިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ދިޕިކާ އަދި ޝާހުގެ ފިލްމު ބޮއިކޮޓުކޮށް އިންޑިއާގައި ދެއްކުން މަނާކުރުމަށް އެދިފައެވެ.